ކިޔަވާކުދިންނަށް އެންމެ މުހިއްމީ ސްމާޓް ފޯނެއްތަ؟

ޓެކްނޮލޮޖީގެ ބައެއް އީޖާދުތަކަކީ އަހަރެމެންގެ ދިރިއުޅުމަށް އެދެވޭ އަދި ނޭދެވޭ އަސަރުތައް ފޯރުވައިދޭ ތަކެއްޗެވެ. އެގޮތުން ސްމާޓް ފޯނަކީ، މިހާރު އިންސާނުންގެ އާއްމު ދިރިއުޅުމުގައި ބޭނުންވާ އަސާސީ އެއްޗަކަށް މި ވަނީ ވެފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ސްމާޓް ފޯނުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށް ނުރަނގަޅު އަސަރު ފޯރައެވެ. ނަމަވެސް ސްމާޓް ފޯނުގެ ސަބަބުން ދަރިވަރުންނަށް ލިބިދޭ ފަސޭހަ އެހީތަކުގެ ސަބަބުން މިކަމަށް މުޅިއަކުން އެއްބަސް ވެވޭކަށް ނެތެވެ.

އެގޮތުން ހާއްސަކޮށް ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ސްމާޓް ފޯނެއްގެ މުހިއްމުކަން ވަރަށް ބޮޑަށް އެނގޭނެއެވެ. ހާއްސަކޮށް ޓެސްޓްތައް ނަގާ ދުވަސްވަރަކީ ދަރިވަރުންނަށް އެންމެ ބޮޑަށް ސްމާޓް ފޯނުގެ ބޭނުންޖެހޭ ވަގުތެވެ. ޓެސްޓަށް ދަސްކުރުމަށް މުދައްރިސް ދޭ ފިލާވަޅުތައް ފަސޭހަކަމާއެކު ފޯނުގައި ރައްކާކޮށްލެވެ. އަދި ޓެސްޓް ދުވަސްވަރުގައި ބޮޑު ފޮތްތަކުން ބަލައިގެން ކިޔެވުމުގެ ބަދަލުގައި ފޯނުގެ އެހީގައި ފަސޭހަކަމާއެކު ކޮންމެ ތާކު ހުރެވެސް ދަސްކުރުމުގެ މަގު ދަރިވަރުންނަށް އޮންނަނީ ފޯނުގެ ސަބަބުން މަގުފަހިވެފައެވެ.

ހާއްސަކޮށް ޔުނިވާސިޓީތަކުގައި ކިޔަވާ ގިނަ ދަރިވަރުންނަކީ، ވަޒީފާއަށް ދަމުން ކިޔަވާ ދަރިވަރުންނެވެ. އެހެންކަމުން ފޯނުގައި ރައްކާކުރެވޭ ފިލާވަޅުގެ އެހީގައި މިފަދަ ދަރިވަރުންނަށް ވަޒީފައިގެ މައިދާނުގައިވެސް ފިލާވަޅު ދަސްކުރުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. ފަސޭހަކަމާއެކު ޓެސްޓަށް ދަސްކުރުމަށް ހަދާ ނޯޓްސްތައް އެހެންދަރިވަރުންނަށް ފަސޭހައިން ހިއްސާކޮށްލުމަށްވެސް ފޯނުގެ ބޭނުން ވަރަށް ބޮޑަށް ޖެހެއެވެ.

ކޮންމެ ވަސީލަތެއްވެސް ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ފައިދާ އެންމެ އެދެވޭގޮތުގައި ހޯދިދާނެއެވެ. އެހެންކަމުން ކިޔަވާކުދިންވެސް ސްމާޓް ފޯނުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ