މާބަނޑު އަންހެނަކަށް ގޮނޑި ނުދިނީ މަސައްކަތް ކުރަން ޖެހޭ ވަގުތު ގިނަކަމުން!؟

ޒުވާން ފިރިހެނަކު ވަޒީފާ ނިއްމުމަށްފަހު ބަހުން ގެއަށް އައި މަގުމަތީ، މާބަނޑު އަންހެނަކަށް އިށީންނަން ގޮނޑި ނުދިނުމަށްފަހު، އެކަން އެ ކުރެވުނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އާއްމުންގެ ހިޔާލު ހޯދުމަށް އިންޓަނެޓްގައި އެވާހަކަ ހިއްސާކޮށްފިއެވެ.

ގެއަށް އައުމަށްފަހު ކަންތައްކުރިގޮތުގެ ވާހަކަ އޭނާގެ އާއިލާއަށް އޭނާ ވަނީ ކިޔައިދީފައެވެ. ނަމަވެސް އެ ބަނޑުބޮޑު މީހާއަށް އޭނާ ކަންތައްކުރިގޮތް އާއިލާއަށް ކަމުނުގޮސް އާއިލާމީހުން އޭނާއައިދިމާލަށް އެއްޗެހި ކިޔުމުން، އާއްމުން ދެކޭގޮތް ހޯދުމަށް އޭޏާ ވަނީ މި ވާހަކަ "ރެޑިޓް" ވެބްސައިޓުގައި ހިއްސާކޮށްފައެވެ.

އޭނާ ބުނިގޮތުގައި، އާނަގެ ކާރު ހަލާކުވުމުގެ ސަބަބުން އެ ދުވަސްކޮޅު އޭނާ ވަޒީފާއަށް ގޮސް އަދި އައިސްހެދީ ބަހުގައެވެ. އަދި އޭނަގެ ވަޒީފާގެ ބުރަ ވާހަކަތައް ކިޔައިދެމުން ބުނެފައިވަނީ، ދިހަ ގަޑިއިރުގެ ޑިއުޓީ މުޅި ދުވަހު ކޮއްޅަށް ހުރެގެން އަދާކުރަން ޖެހޭކަމަށެވެ. އަދި މަސައްކަތް ނިމުމުން ބަހުގައި ދަތުރުކުރުމަށްފަހު، ދިރިއުޅޭ ގެއާ ހިސާބަށް ވިހި މިނެޓް ހިނގާފައި ދާންޖެހޭކަމަށް އޭނާ ލިޔެފައިވެއެވެ. އެެހެންކަމުން، ބަހުގައި ގެއަށް އަންނަ އެ ވަގުތަކީ ހިތްހަމަޖެހިގެން ރެސްޓްކޮށްލާ ވަގުތުކޮޅެއްކަމުގައި އޭޏާ ބުނެފައިވެއެވެ.

މިފަދަ ދުވަހެއްގައި އެއް ރެޔަކު، ބަހަށް ބަނޑު ބޮޑު މީހަކު އެރިއިރު، ކޮވިޑް-19 ގެ އުސޫލުތަކުގެ ސަބަބުން ބަހުގައި ހުސްކޮށް ހުރީ ވަރަށް މަދު ސީޓެއްކަމަށް އޭނާ ބުންޏެވެ. އަދި އެ އަންހެން މީހާ އާއި އެންމެ ކައިރީގައި އޭނާ ހުރުމުން، ގޮނޑި ދިނުމަށް ބުނާކަހަލަ ގޮތަކަށް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރިކަމަށް އޭނާ ބުންޏެވެ. ނަމަވެސް ނުފެންނަ ކަމަށް ހަދައިގެން ހުރުމުން އެންމެ ފަހުން އެ އަންހެންމީހާ އޭނާއާއި ވާހަކަ ދައްކަން ފެށިކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ގޮނޑި ނުދޭނަންކަމަށް ބުނެ އޭނާގެ ހާލަތުވެސް އެ އަންހެންމީހާއަށް ކިޔައިދިންކަމަށް ބުނެފައިވެއެވެ. ނަމަވެސް އެހެން ބުނުމުން އޭނައަކީ އެކަނިވެރި މަޔެއްކަމަށް ބުނެ ރޯން ފެށިކަމަށް ބުނެފައިވެއެވެ. އަދި މިކަމާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ، އެކަނިވެރި މަޔަކަށް ވުމަކީ އެ އަންހެން މީހާގެ އަމިއްލަ މައްސަލައެއްކަމަށާއި، އެހެން މީހުން އޭނަގެ ބޭނުންތައް ފުއްދައިދޭނެކަމަށް އޭނާއަށް ނުދެކެވޭނެކަމަށެވެ. އަދި މި ޒުވާނާ އިތުރަށް ބުނީ، ދަތުރުކުރާނެ ކާރެއް އަމިއްލައަށް ނުގަނެވޭއިރު، އެ އަންހެން މީހާ ދަރިއެއް ހޯދުމަށް ވިސްނުމަކީ އޭނާގެ މައްސަލައެއް ނޫންކަމަށެވެ.

އަންހެން މީހާ ރޯން ފެށުމުން ބަހުގައި ހުރި އެހެން މީހަކު އެ އޭނާއަށް ދިމާލަށް އެއްޗެހި ކިއުމަށްފަހު އެ މީހާގެ ގޮނޑި އެ އަންހެންމީހާއަށް ދިނުމަށް ތެދުވިކަމަށާއި، އަދި އެ ދެމީހުން ބަދަލުވާތީވެ އެވަގުތު ބަސް ހުއްޓުމުން އެމީހާއާއި މާ ބަނޑު އަންހެން މީހާ ވެއްޓުނުކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި ދެމީހުންވެސް އިތުރަށް އޭނާއަށް އެއްޗެހި ކީކަމަށް އޭނާ ބުނެފައިވެއެވެ.

މި ވާހަކަތައް އިންޓަނެޓުގައި ހިއްސާކޮށް އާއްމުންގެ ހިޔާލަށް އެދުމުން ގިނަ މީހުންވަނީ އޭނާ އަމަލުކުރިގޮތަށް ފާޑުކިޔާ އޭނާގެ އެ އަމަލާ ދެކޮޅަށް ވާހަކަދައްކާފައެވެ. އެގޮތުން ގިނަ މީހުން ބުނެފައިވަނީ، ކޮންމެ ގޮތެއްވިޔަސް އެއީ މާ ބަނޑު އަންހެނެއްކަމަށާއި، އަދި ބަސް ހުއްޓުމުން އެ އަންހެންމީހާ ވެއްޓުނު ވަގުތު އަނިޔާއެއް ވެ ދަރިފުޅަށް ކަމެއްވިނަމަ ޒިންމާވާން ޖެހޭނީ އޭނާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ