މިދިޔަ މަހު ރާއްޖޭގައި ތިން ރޭޕް ކޭސް!

2019 މެއި މަހުގެ ތެރޭގައި ރޭޕްކުރުމުގެ ތިން މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުން ދައްކާގޮތުގައި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ އަދި ގެވެށި އަނިޔާގެ ޖުމްލަ 42 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ.

މީގެ ތެރޭގައި ޖިސްމާނީ އަނިޔާގެ މައްސަލަތައް ގިނައިރު، އެބާވަތުގެ 15 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 8 މައްސަލަ އަދި ބިރުދެއްކުމުގެ 5 މައްސަލައާއި އިހުމާލުވުމުގެ 4 މައްސަލަ ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މީގެ އިތުރުން ރޭޕް ކުރުމުގެ 3 މައްސަލައަކާއި، ޖިންސީ ހާނީއްކަކުރުމުގެ 2 މައްސަލައަކާއި، މުދާ ހިފެހެއްޓުމުގެ މައްސަލަ އަދި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.

ރޭޕް ކުރުމުގެ ތިން މައްސަލައެއް މިދިޔަ މެއި މަހުގެ ތެރޭގައި ފެންމަތިވެފައިވާއިރު، ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 34 މައްސަލައާއި ޖިސްމާނީ ހާނީއްކަކުރުމުގެ 34 މައްސަލައެއް ހުށަހެޅިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ