އިކޮނޮމިކް މިނިސްޓަރ ފައްޔާޒް - ފޮޓޯ: ރައީސް އޮފީސް

ބިދޭސީން ގެނައުމަށް ޤައުމުތަކަށް ލިމިޓެއް ކަނޑައަޅަނީ

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށަން ނިންމާފައިވާކަމަށާއި އެކަމަށް ކުރެވޭ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް އަންނަ ޖުލައި މަހު ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

"ގާނޫނުގެ ތެރެއަށް ފެއްތެން ހުރި ބިދޭސީން ލީގަލް ކުރުމާއި އަދި ފޮނުވާލަންޖެހޭ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގަވާއިދަށް ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ 25 ވަރަކަށް އަހަރުވެފައިވާ މައްސަލައެއް. މި ސަރުކާރުން އެމައްސަަލަ ހައްލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެންނާނެ" އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމް ފެށުން ލަސްވަނީ އެކަމަށްޓަކައި އޮންލައިންކޮށް އެކަން ކުރާނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅެގެން ގެންނަ މީހުން ހައްޔަރުކޮށްގެން ގެންގުޅުމުގެ ވިސްނުމެއް ނެތް ކަމަށާއި، އެފަދަ ވަސީލަތްތަކެއްވެސް ނެތް ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ގާނޫނާ ޚިލާފަށް އުޅޭ މީހުން ގާނޫނީ ކުރުން ކުރިއަށް ގެންދާނީ އެފަދަ ފަރާތްތައް ވަޒީފާއަށް ގެންދަން ބޭނުންވާ ފަތާތްތަކަށް އެފުރުސަތު ދީގެން އެފަދަ މީހުންނަށް އެއްހާސް މީހުންގެ ޑިޓެންޝަން ސެންޓަރެއް ގުޅީފަޅުގައި ހެދުމަށް މިމަހު ޓެންޑަރަށް ލާނެ" ވިދާޅުވިއެވެ.

އެފަދަ މީހުން ގާނޫނުގެ ތެރެއަށް ފެއްތުމަށް މިހާރު ނަގަމުން އަންނަ 650 ރުފިޔާ ނުނަގާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ