ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި ޖިންސީ ފުރައްސާރަކުރާ މިންވަރު ބަލަން ދިރާސާއެއް ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު ކުރިޔަށްދާ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގު ކުރުމުގެ ތެރެއިން، މުވައްޒަފުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ގުޅޭ މަސައްލަތައް އިތުރުވެފައިވާކަން އެ ކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.
އެހެން ކަމުން ޖިންސީ ފުރައްސާއާއި ގުޅޭ މައްސަލަތައް އިތުރު ވެފައިވާތީ، މިއަދު ކޮމިޝަނުން އެކަމާއި މަޝްވަރާކޮށް ނިންމާފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި ގުޅިގެން ކޯޓުތަކުގައި އުފެދިފައިވާ ޖިންސީ ފުރައްސާރައާއި ގުޅޭ ޝަކުވާތައް އިތުރުވާ ކަން ފާހަގަ ކުރެވޭތީ، ކޯޓުތަކުގެ ތެރޭގައި ކިހާ މިންވަރަކަށް މިފަދަ ކަންކަން ހުރިތޯ ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިއަދު ކުރިޔަށް ދިޔަ ކޮމެޓީއިން ނިންމާފައިވާ ކަމަށެވެ.



