އެމްއޭސީއެލްގެ އަންހެން ފަޔަރ ފައިޓަރުންގެ ޓީމު - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓަށް އަންހެން ފަޔަފައިޓަރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާއެމްއޭސީއެލް އިން އެ ކުންފުނީގެ ފުރަތަމަ އަންހެން ފަޔަ ފައިޓަރުންގެ ޓީމް ތަމްރީން ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަން ތައްޔާރުވެއްޖެއެވެ.

އެމްއޭސީއެލް އިން ވިދާޅުވީ، ދެ މަސް ދުވަހުގެ މުއްދަތަށް އިންޑޮނީޝިއާގެ ޕެލެމްބާންގުގައި ބާއްވާ "ބޭސިކް އެއާޕޯޓް ރެސްކިއު އެންޑް ފަޔަ ފައިޓިން" ކޯހުގައި އެކުންފުނީގެ 12 އަންހެނުން ބައިވެރިވާނެ ކަމަށެވެ.

ކޯހުގެ ބައިވެރިންނާ ބައްދަލުކޮށް އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މިއީ އެމްއޭސީއެލް އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އެމްއޭސީއެލްގެ ފަޔަރފައިޓަރުންގެ ޓީމަށް އަންހެނުން އިތުރުކުރެވިގެންދާއިރު، މިއީ ޜާއްޖޭގައި އޮންނަ އެންމެ ވަރުގަދަ އެއް ފަޔަރ ފައިޓިންގ ޓީމު އޮންނަ ކުންފުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ