މުސްއަބް - ފޮޓޮ: މިހާރު

މުސްއަބުގެ ސަސްޕެންޝަން އިތުރުކޮށްފި

މިދިޔަ މެއި 29 ވަނަ ދުވަހު ސަސްޕެންޑްކުރި، އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲގެ ސަަސްޕެންޝަން ދެ ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން މުސްއަބްގެ ސަސްޕެންޝަން އިތުރު 30 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ވިދާޅުވި ނަމަވެސް ބަލަމުންދާ މައްސަލައިގެ ތަފްސީލު އޭނާ ނުދެއްވައެވެ.

އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީކަން ކުރައްވައިފައިވާ މުސްއަބު، އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ 2017 ޖުލައި 25 ވަނަ ދުވަހުއެވެ. ވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ