ރާއްޖެ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރާއްޖެއާ 588 ކިލޯމޯޓަރު ދުރުން، މިއަދު މެންދުރުފަހު 02:44 ގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ، އައްޑޫ ސިޓީއާ 588 ކިލޯމީޓަރު ދުރުން ބިންހެލުން އައިސްފައިވަނީ ކާލްސްބަރގް ރިޖަށް ކަމަށެވެ.

ރެކްޓަރ މިންގަނޑުން 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ކާލްސްބަރގް ރިޖަށް، ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

މެޓް އޮފީހުން ވިދާޅުވީ، މި ބިންހެލުމުގެ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭ ކަމަށެވެ.

ރާއްޖެއާ މާ ދުރުނޫން ހިސާބަކަށް ބާރުގަދަ ބިންހެލުމެއް އައިއިރު، ލ.ކައްދުއަށް މި ބިންހެލުން އިޙްސާސް ކުރެވިފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ