ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމެޓީގެ އިންތިޚާބު 2019 ގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް މިއަދު އާންމުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ މި ލިސްޓްގައިވާގޮތުން 1487 ފަރާތަކަށް މި އިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްޤުވަނީ ލިބިފައެވެ.
އަދި އިލެކްޝަނުން އާންމުކޮށްފައިވާ މި އިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 4 ޖުލައި 2019ގެ 14:00 އަށް ވަނީ ހުޅުވާލައިފައެވެ.
27 ޖޫން 2019 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި ޤާނޫނީ ފަންނުގެ ބިލާއެކު ވުޖޫދުކުރަންޖެހޭ މިނިވަން މުއައްސަސާއެއް ކަމަށްވާ، ބާކައުންސިލްގެ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުން 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.