މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ, މ.ކޮޅުފުށީގައި 100 ހައުސިންގ ޔުނިޓްސް ޢިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާ ހުށަހަޅަންޖެހެއެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
މި މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 94 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މީގެކުރިން ލަފާކޮށް ބަޖެޓްގައި ހިމަނާފައިވެއެވެ.



