ތ. އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް އިފްތިތާހްކޮށްފި

ތ. ވޭމަންޑޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާގެ ޚިދުމަތް އިފްތިތާހްކޮށްފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ޚިދުމަތް އިފްތިތާހް ކޮށްދެއްވާފައިވަނީ، އެކަމަށްޓަކައި އެ ހޮސްޕިޓަލްގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، 16621 މީހުންގެ އާބާދީއެއް އޮންނަ ތ. އަތޮޅުގެ އެކި ރަށްތަކުން ދަތުގެ ފަރުވާ ހޯދުމައްޓަކައި، ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަލިމީހުން މާލެ އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ރިފާރކުރެވިފައިވާ ކަމަށެވެ.

މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗައް 100 ވުރެ ގިނަ މީހުން މި ހޮސްޕިޓަލްއިން ޚިދުމަތް ހޯދާއިރު، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮއްފައިވާ މި ޑެންޓަލް ސެޓަޕްގައި މިވަގުތު 5 ސްޕެސަލިސްޓް ޑޮކްޓަރުންނާއި، 2 މެޑިކަލް އޮފިސަރ އަދި 11 ނަރުހުންގެ އިތުރުން 9 ޓެކްނިކަލް މުވައްޒަފުން މަސައްކަތް ކުރައްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޑެންޓަލްގެ ޚިދުމަތް ތަޢާރަފްވުމާއި ގުޅިގެން މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 650000.00ރ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މިފަދަ ޚިދުމަތެއް ޤާއިމްކުރުމުން ޢާންމުގޮތެއްގައި ދަތުގެ ފަރުވާ ދިނުމައް ކުރަންޖެހޭ ފަރުވާ މިހޮސްޕިޓަލްއިން ލިބިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ