އުތުރުގައި ކުރިއަށް ގެންދަން ކުރީ ސަރުކާރުން އުޅުނު އައިހެވަން މަޝްރޫއުގެ ކުރެހުމެއް

ޓްރާންޝިޕްމެންޓް ބަނދަރުތަކުގެ ކޮންސަލްޓެންސީއަށް އަށް ލައްކަ ޑޮލަރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމެންޓް ބަނދަރާއި ބައިނަލްއަޤްވާމީ މެރިޓައިމްއާ ގުޅުންހުރި
އެހެނިހެން ޚިދުމަތްތައް ޤާއިމުކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ސޮއިކޮށްފިއެވެ.

މި ކޮންޓްރެކްޓް އެވޯޑު ކުރެވިފައިވަނީ މިކަމަށް ބީލަމަށް ހުޅުވާލުމުން ކުރިމަތިލީފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި ފަރާތްކަމަށްވާ ނެދަރިލެންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސް ގެ ޖޮއިންޓްވެންޗަރ އަކަށް 860,626 (އަށް ލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް) އެމެރިކާ ޑޮލަރަށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ ވިދާޅުވެފައެވެ.

އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވާގޮތުގައި މި ކޮންސަލްޓެންސީގެ ދަށުން ޓްރާންޝިޕްމެންޓް ބަނދަރު ޤާއިމުކުރުމުގެ ފީޒިބިލިޓީ ބެލިގެންދާނެ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރުން އިހަވަނާދިއްޕޮޅާއި، ރާއްޖޭގެ ދެކުނުން ލާމު އަތޮޅާއި ހުވަދު އަތޮޅާ ދެމެދުގައިވާ ހުވަދޫ ކަނޑާ ކައިރިން މިކަމަށް އެންމެ އެކަށޭނަ ތަނެކެވެ.

މީގެ އިތުރުން ބަންކަރިންގ. ބޯޓްފަހަރު މަރާމާތުކުރުން އަދި ބޯޓުފަހަރަށް ސަޕްލައިކުރުމަށް އަމާޒުކޮށްގެން ހިތަދޫ ބައިނަލްއަޤްވާމީ ބަނދަރު ތަރައްޤީކުރުމުގެ ފީޒިބިލިޓީވެސް ބެލިގެންދާނެ ކަމަށާއި އަދި ފީޒިބިލިޓީއަށް ބިނާކޮށް މަޝްރޫޢު ކުރިޔަށް ގެންދާނެ ގޮތާ ބެހޭ ދިރާސާތައް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވިއެވެ.

"ސަރުކާރުގެ އަމާޒަކީ މި ކޮންސަލްޓެންސީގެ ދަށުން ހެދޭ ދިރާސާތަކުގެ އަލީގައި މި މަޝްރޫޢު ކާމިޔާބުކަމާއެކު
ތަންފީޒުކުރުން.، އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ޑައިވެރސިފައިކުރެވި، ދިގު މުއްދަތަށް ދެމިގެންދާނެ އިންޤިލާބީ ހެޔޮ ބަދަލުތަކެއް ރާއްޖޭގެ އިޤްތިޞާދަށް ގެނައުން" މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން މާލެ ސަރަޙައްދު ނޫން އެހެނިހެން ސަރަހައްދުތައްވެސް ތަރައްޤީވުމަށް މަގުފަހިވެ. ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ