ގާނޫނީ ވަކީލު މައުމޫނު ހަމީދު

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ވާދަކުރައްވަނީ

ބާ ކައުންސިލްގެ ރައީސް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވާދަ ކުރައްވަން ނިންމައިފިއެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި، އެކަމަށްއެދި އެޕްލިކޭޝަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މައުމޫންގެ އިތުރުން މި މަގާމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ކުރިމަތިލައްވަން ވަނީ ނިންމަވާފައެވެ.

ގާނޫނީ ފަންނުގެ ބިލް އެކުލަވާލާފައިވާ ގޮތުން ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުންނެއް ތިބޭނެއެވެ. އެ ހަ މެމްބަރުންނަކީ ވަކީލުންގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބު ކުރެވޭ ހަ މެމްބަރުންނެވެ.

ބާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ