މިމަހުގެ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ފުރަތަމަ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބުގެ އުޞޫލަށް" ބަދަލުތަކެއް ގެންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ބަދަލުގެންންނަން ނިންމާފައިވަނ އެ އުޞޫލުގެ 17 ވަނަ މާއްދާއާއި 22 ވަނަ މާއްދާއަށް ކަމަށެވެ. 17 ވަނަ މާއްދާއަކީ "ބާޠިލު ވޯޓު" ކަނޑައަޅާފައިވާ މާއްދާއަށްވާއިރުގައި 22 ވަނަ މާއްދާއަކީ "އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން" އަމަލުކުރާނެގޮތް ބަޔާންކޮށްފައިވާ މާއްދާއެވެ.
Dhivehiraajjeyge Bar Councilge furathama Executive Committeege Inthikhaabge Usool ge 17 vana maahdhaa aai 22 vana maahdhaa ah islaah genaumah Commission in ninmaa, e islaahu Gazette kurumah fonuvaifi @ShareefRangondi @Amjadhmusthafa @akram4535 @IsmailHabeeb @ANashath
— Elections Commission (@ElectionsMv) July 3, 2019
އުޞޫލުގެ 17 ވަނަ މާއްދާ ކުރިން އޮތް ގޮތް:
ބާޠިލު ވޯޓު: ވޯޓް ގުނުމުގައި ތިރީގައި މިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާޠިލު ވޯޓެކެވެ.
1- އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓް ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓް.
2- އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓު.
3- އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައި އޮންނަ ކޮންމެ ޥޯޓެއް.
4- ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
އުޞޫލުގެ 22 ވަނަ މާއްދާ ކުރިން އޮތް ގޮތް:

މި ދެ މާއްދާއަށް ގެންނަން ނިންމެވި ބަދަލުތައް ގެޒެޓްކުރުމަށް ފޮނުވާފައިވާއިރު، އެ ބަދަލުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.
ބާ ކައުންސިލްގެ އިންތިޚާބުގެ އުޞޫލަށް ބަދަލުތަކެއް ގެންނަން އީސީން ނިންމެވިއިރު، ބައެއް ފަރާތްތަކުން ވަނީ އުޞޫލު އިސްލާޙް ކުރުމަށް ގޮވާލައްވާފައެވެ.