ބާ ކައުންސިލްގެ އިންތިޚާބު މޮނިޓަރ ކުރުމާއި އޮބްޒާވު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އިލެކްޝަން ކޮމިޝަން އިން ހުޅުވާލައިފިއެވެ.
މިއަދު އިލެކްޝަން ކޮމިޝަން އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 13 ޖުލައި 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބާ ކައުންސިލުގެ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ސަރުކާރުގެ މުއައްސަސާތައް) އެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ބާ ކައުންސިލުގެ އިންތިޚާބުގެ ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ މެންދުރު 02:00 އާއި ހަމަޔަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
Dhivehiraajjeyge Bar Council ge Inthikhaabuge vote negumaai gunumuge kanthah monitor kurumashaai observe kurumah beynunvaa faraaiythakah, ekamah edhi hushahelhumuge furusathu 3 July 2019 in 10 July 2019 ge 14:00 ah hulhuvaalaifi.https://t.co/K10XXn5KUohttps://t.co/UxLZUb5UBi
— Elections Commission (@ElectionsMv) July 3, 2019
މި ގޮތުން އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް (ފުރިހަމަނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް) މިކޮމިޝަނަށް ހުށަހެޅުއްވުން އެދޭކަމަށާއި ލިސްޓު ހުށަހަޅުއްވާނީ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން ފެށިގެން މެންދުރު 02:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޖުލައި 2019 ވާ ހޮނިހިރު ދުވަހު އެވެ.