ޤައުމީ ވޮލީ ޓީމާއި، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ސަރބިއާއަށް މިރޭ ދަތުރުކުރުމަށް ހަމަޖެހިފައިވާ ޤައުމީ ވޮލީ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

ޤައުމީ ވޮލީ ޓީމު ސަރބިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ ކުރިޔަށް އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ތަމްރީނު ހޯދުމަށެވެ.

މިރޭ މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި މިއީ ޔޫރަޕްގެ ޤައުމަކަށް އިތުރު ތަމްރީނުތަކަށް ޤައުމީ ވޮލީ ޓީމަށް ދަތުރުކުރަން ލިބުނު ފުރަމަތަ މިފަދަ ފުރުޞަތުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފުމަށް ރައީސް ވަނީ ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި އުންމީދަކީ މި ތަމްރީނުތަކުގެ އަލީގައި އައި.އޯ.އައި.ޖީއިން ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރުންކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ވާހަކަ ދައްކަވުމުން ޓީމުގެ ކޯޗް ވިދާޅުވެފައިވަނީ މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައި.އޯ.އައި.ޖީގައި ޤައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ.

ސަރބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ޤާއުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ