ބޭރުގެ ކްލަބް ލެވެލްގައި ވާދަކުރި ފުރަތަމަ ދިވެހި އަންހެން ވޮލީ ޓީމް މުބާރާތުގެ 3 ވަނަ ހޯދައިފި

ސްރީލަންކާގެ ނެޝަނަލް ޔޫތު ސާވިސް ކައުންސިލާއި ސްރީލަންކާގެ ވޮލީބޯލް ފެޑެރޭޝަންގެ އިތުރުން ސްރީލަންކާގެ ރުޕަވަހިނި ކޯޕަރޭޝަން ގުޅިގެން ބޭއްވި ޔޫތު ވޮލީ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ވެމްކޯގެ އަންހެން ޓީމް އެމުބާރާތުގެ 3 ވަނަ ހޯދައިފިއެވެ.

މި މުބާރާތުގައި ވެމްކޯ ޓީމްގެ ޓަގެޓަކީ ފައިނަލަށް ދަތުރު ކުރުންކަމަށާއި، ނަމަވެސް މާ ކައިކައިރީގައި މުބާރާތުގެ މެޗްތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ރިކަވަރީގެ މައްސަލަތައް ދިމާވުމުން ބޭނުންވާ ޓާގެޓަށް ނުދެވުނީކަމުގައި ކޯޗް އަޙްމަދު އަދީލް (ބޭބެ) ވަނީ ބުނެފައެވެ. މި މުބާރާތުގެ ޝެޑިއުލް އޮތް ގޮތުން ދުވާލަކު ދެ މެޗް ކުޅެން ޖެހެއެވެ.

ކޯޗް އިތުރަށް ބުނެފައިވަނީ ކޮންމެ މެޗަކަށް ޓީމް ސްޓޭޑިއަމަށް ދެވެނީ ދޮޅު ގަޑިއިރުގެ ދިގު ދަތުރަކަށް ފަހުކަމަށެވެ. އެހެން ކަމުން ދުވާލަކު ދެމެޗު ކުޅެން ޖެހޭއިރު، ފުރަތަމަ މެޗަށްފަހު ދެވަނަ މެޗަށް ކުޅުންތެރިން ރިކަވާރީއަށް ލިބެނީ އެންމެ ދެގަޑިއިރުއެވެ.

މިއީ ރާއްޖެއިން ބޭރުގެ ކްލަބް ލެވެލް މުބާރާތެއްގައި ދިވެހި އަންހެން ޓީމެއް ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތުގައި ބައިވެރި ވެފައިވަނީ ރާއްޖޭގެ ގުޑީސް ފިރިހެން ޓީމްގެ އިތުރުން ވެމްކޯގެ އަންހެން ޓީމެއެވެ. 25 އަހަރުންދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތުގައި ފޮރިން ދެކުޅުންތެރިންނަށް ކުޅެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ