ތުނބުޅިލީ އެންމެން އެއް ކެޓަގަރީއަކަށް ފައްތާތީވެ ކަންބޮޑުވުން!

ތުނބުޅި ލީ އެންމެން އެއް ކެޓަގަރީއަކަށް ފައްތައި، ހަޤީޤަތް އޮޅުވާލާތީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޢަލީ ޒައިދު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތުނބުޅި ލީ އެންމެން އެއް ކެޓަގަރީއަކަށް ފައްތައި ބައެއް މީހުން ހަޤީޤަތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ. އަދި ތުނބުޅި ލީ މީހުންގެ ތެރޭގައިވެސް ތަފާތު ވައްތަރު މީހުން އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް މީހުން އުޅެނީ ހަޤީގަތް އޮޅުވާލައި، ތުނބުޅި ލީ އެންމެން އެއް ކެޓަގަރީއަކަށް ލާން. ތުނބުޅި ލީ މީހުންގެ ތެރޭގައި އުޅޭ SS ކިޔާ ބަޔަކާއި، އިސްލާމީ ރިވެތި މެދުމިނުގެ މީހުންނާއި، އެކްސްޓްރީމިސްޓުންވެސް." ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދު އިތުރަށް ވިދާޅުވީ، މި ހުރިހާ ވައްތަރުގެ މީހުން އެއް ކެޓަގަރީއަކަށް "ކޮއްޕައިގެން" ބަޔަކު މީހުން މަސައްކަތް ކުރަނީ އިސްލާމީ އުޞޫލުތައް ނައްތާލަން ކަމަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. ((عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أنْهِكُوا الشَّوَارِبَ وَأَعْفُوا اللِّحَى)) متفق عليه މާނައީ: “ތިޔަބައިމީހުން މަތިމަސް ކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފު ކުރާށެވެ. (އެބަހީ: ދިގުކުރަން ދޫކޮށްލާށެވެ.)”

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.

((عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى ، خَالِفُوا الْمَجُوسَ)) رَوَاهُ أَحْمَدُ وَمُسْلِمٌމާނައީ: އަބޫ ހުރައިރާ ޜަޟިޔާﷲ ޢަންހުގެ އަރިހުން ރިވާވެގެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ތިޔަބައިމީހުންގެ މަތިމަސްތައް ކުރުކުރާށެވެ. އަދި ތުނބުޅިތައް ދިގު ކުރާށެވެ. މަޖޫސީންނާއި (އަލިފާނަށް އަޅުކަންކުރާ މީހުން) ޚިލާފުވާށެވެ.“

ތުނބުޅި ލީ އެންމެނަކީ އެއްވައްތަރެއްގެ ބައެއްގެ ގޮތުގައި ސިފަކުރާ މައްސަލަ ޝައިޚް ފާހަގަކުރެއްވިއިރު، ދީނީ ލޭބަލް އަޅައިގެން ކުށްތައް ކުރާ ފަރާތްތައްވެސް ދަނީ އިތުރުވަމުންނެވެ. އެފަދަ ފަރާތްތައްކުން ދީނީ ކަމަށް ދެއްކިގެން އުޅޭ އުޅުމަކީ ހަޤީޤީ ރިވެތި ސިފަތަކުގައި ހިފަހައްޓާ މުސްލިމުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ