ކުޅިވަރު ކޯޓުތައް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅިވަރު ކޯޓުތައް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން މިއަދު އިއުލާނު ކުރަށްވައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދުކޮށްފައިވާ އިއުލާނަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ބާސްކެޓް، ވޮލީ، ނެޓްބޯޅަ އަދި ހޭންޑްބޯލް އިންޑޯ އަދި އައުޓްޑޯ ކޯޓުތައް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނެކެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ، މިމިނިސްޓްރީއިން ތަރައްޤީކުރާ ކުޅިވަރު ކޯޓުތައް ޑިޒައިންކޮށް، ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށާއި އަދި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖުލައި 2019 ވަނަ ދުވަހުގެ 14:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖުލައި 2019 ގައި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށެވެ.

ރާއްޖޭގެ ރަށްރަށުގައި ފުޓްސަލް ދަނޑުތަކުގެ އިތުރުން ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ