އިންޑިއާ ސަރުކާރުގެ އެހީގައި އައުޓުޑޯ ޖިމް ގާއިމްކުރާ 61 ރަށް އާންމު ކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މި ސާމާނާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު އެވެ.
ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ދެންމެ ވަނީ މި ޖިމްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވާ 61 ރަށުގެ ނަން ހާމަކުރައްވާފައެވެ.
އައުޓުޑޯ ޖިމް ގާއިމު ކުރުމަށް ނިންމާފައިވާ 61 ރަށްތައް
ހއ އަތޮޅު: ބާރަށް، ތަކަންދޫ، މުރައިދޫ
ހދ އަތޮޅު: ކުޅުދުއްފުށި، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
ށ އަތޮޅު: ފޯކައިދޫ، ކަނޑިތީމު
ނ އަތޮޅު: ހެނބަދޫ، މާޅެންދޫ، ވެލިދޫ، ކުޑަފަރި، މާފަރު، މަނަދޫ
ރ އަތޮޅު: މަޑުއްވަރު، މީދޫ، އުނގޫފާރު، ރަސްގެތީމު، ހުޅުދުއްފާރު، އިނގުރައިދޫ، އިންނަމާދޫ، ފައިނު
ބ އަތޮޅު: އޭދަފުށި، ކަމަދޫ، ގޮއިދޫ
ޅ އަތޮޅު: ކެރެންދޫ
ކ އަތޮޅު: ހިންމަފުށި، މާފުށި، ދިއްފުށި، ތުލުސްދޫ، ވިލިމާލެ
އއ އަތޮޅު: ހިމަންދޫ، އުކުޅަސް، ތޮއްޑޫ
ދ އަތޮޅު: މީދޫ
މ އަތޮޅު: ވޭވަށް، ނާލާފުށި
ފ އަތޮޅު: ދަރަނބޫދޫ، ފީއަލި
ތ އަތޮޅު: ހިރިލަންދޫ، ކިނބިދޫ، ކަނޑޫދޫ
ލ އަތޮޅު: މާވަށް، މާބައިދޫ، އިސްދޫ، ހިތަދޫ، ފޮނަދޫ، ގަން، މާމެންދޫ
ގއ އަތޮޅު: ކޮލަމާފުށި، ކަނޑުހުޅުދޫ، ކޮނޑޭ، ދާންދޫ
ގދ އަތޮޅު: ގައްދޫ، ތިނަދޫ، ހޯޑެއްދޫ
ފުވައްމުލަކު ސިޓީ
އައްޑޫ ސިޓީ: މަރަދޫ، ހިތަދޫ، މީދޫ
ޖިމްތަކަށް ބޭނުންވާ ސާމާނު ހަދިޔާ ކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން އައުޓް ޑޯ ޖިމްތައް ޤާއިމްކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.





3 Responses
ޔަގީން ކަތީބު
ކަލޯ ހަމައެއްޗެއް ކިޔާބަލަ, މިހާރުވެސް 122 ރަށަަަަށް ތަކެތި ދިނީމަ 61 ރަށުގަ ހަދަނީއޭ ކީދާނެ,, ކުރީ ސަރުކާރުން ނުހަދާތަނެއް މިސަރުކާރަކަށް ނުހެދޭނެ, މިސަރުކާރުން ނުކުރާ އާކަމެއް އަންނަ ސަރުކާރަށް ނުކުރެވިއްޖެއްޔަ, ސަރުކާރު ފެއިލްވީކަމަށް ބެލިދާނެ, ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް އާކަންތައްތަޖެއް ކޮށްދޭންޖެހޭ
ކަލޭ ހީކުރަނީ އާ ކަންތައްތަކެއް ނުކުރެވެންޏާ ކަމެއް ނުކޮށްދޭކަމަށްތަ؟ މިސާލަކަށް ކުރިން ދެކެފަ ނުވާ ފަދަ ބޮޑު ހިޔާނާތް އެމް.އެމް.ޕީ.އާރް.ސީ
ސާބަހޭ މިނިސްޓަރު މަހްލޫފް. މިއީ ކުރީގެ ސަރުކާރުނަަމަ ތިކަން ކުރާނީ 30ރަށުގަ. ބާކީ ޖީބަށްލާނެކަން ޔަގީން.