އީސީގެ ނާއިބު ރައީސް އަމްޖަދު މުސްތަފާ - ފޮޓޯ: ރާއްޖެ.އެމްވީ

ބާ ކައުންސިލަށް 23 ފަރާތަކުން ކުރިމަތިލައިފި

ބާ ކައުންސިލްގެ އެޒެގްޓިވް ކޮމެޓީއަށް 23 ފަރާތަކުން ކުރިމަތިލައިފިއެވެ.

ބާ ކައުންސިލަކީ ޤާނޫނީ ދާއިރާ ރެގިއުލޭޓް ކޮށް ވަކީލުން ޒިންމާދާރު ކުރުވުމަށް އެކުލަވާލާ މިނިވަން މުވައްސަސާއެކެވެ.

މިކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލު ޙުސްނުއް ސުޢޫދާއި ޤާނޫނީ ވަކީލު މައުމޫން ޙަމީދުއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލްގައި ތިއްބަވާނީ ރައީސްއާއި ނާއިބު ރައީސްގެ އިތުރުން ހަ މެންބަރުންނެވެ. އެ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލެވޭނީ ހަމައެކަނި ޤާނޫނީ ވަކީލުންނަށެވެ.

ބާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 1490 ޤާނޫނީ ވަކީލުން ރަޖިސްޓްރީވެފައިވާއިރު، އޭގެތެރެއިން 11 ޤާނޫނީ ވަކީލަކު ރަޖިސްޓްރީވެފައިވަނީ އައްޑޫ ސިޓީއަށްކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްތަފާވަނީ ވިދާޅުވެފައެވެ.

އަމްޖަދު އިތުރަށް ވިދާޅުވީ މާލޭގައި އާއި އައްޑޫގައި ވޯޓިފޮށި ބައްހައްޓަށް މިހާރު ނިންމާފައިވާކަމަށާއި އެހެން ރަށްރަށުން ރަޖިސްޓްރީވެފައިވަނީ އެކަކު ނުވަތަ ދެމީހަކުކަމުން އެރަށްރަށުގައި ވޯޓުފޮށި ބެހެއްޓުމާމެދު އަދި ގޮތެއް ނުނިންމާކަމަށެވެ. އައްޑޫގައި ބަހައްޓާ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސ. ހިތަދޫގައިކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ވޯޓުލުން އޮންނަނީ މިހިނގާ ޖުލައި މަހގެ 13 ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ