އިންތިޚާބެއްގައި ވޯޓު ގުނުމުގެ ތެރެއިން - ފޮޓޯ: ފެށުން

ބާކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން މާދަމާ

ދިވެހިރާއްޖޭގައި އަލަށް އުފައްދާ ބާ ކައުންސިލްގެ މަޤާމްތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުން މާދަބާ އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެ ވިދާޅުވީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން 2019 ޖުލައި 6 ވަނަ ދުވަހު ހަވީރު 16:00 ގައި އޮންނާނެ ކަމަށެވެ.

ބާ ކައުންސިލަކީ ޤާނޫނީ ދާއިރާ ރެގިއުލޭޓް ކޮށް ވަކީލުން ޒިންމާދާރު ކުރުވުމަށް އެކުލަވާލާ މިނިވަން މުވައްސަސާއެކެވެ.

ބާ ކައުންސިލްގެ އެޒެގްޓިވް ކޮމެޓީއަށް 23 ފަރާތަކުން ކުރިމަތިލާފައިވާއިރު، މިކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލު ޙުސްނުއް ސުޢޫދު އަދި ޤާނޫނީ ވަކީލު މައުމޫން ޙަމީދުއެވެ. އަދި ނައިބު ރައީސްކަމަށްވެސް ދެބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް 6 މެންބަރުން އިންތިޚާބުކުރާއި، މެންބަރުކަމަށް 19 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި 1490 ޤާނޫނީ ވަކީލުން ރަޖިސްޓްރީވެފާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ