ރާއްޖެއިން ފިލައިގެން ނުދާނެ ކަމަށާއި، ރާއްޖެދެކެ ލޯބިވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބު ޢަބްދުލްޤަފޫރު ވިދާޅުވެއްޖެއެވެ.
އަދީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމަށް އައި އެންމެ ފާގަތި ދުވަސްތަކާއި، ގައުމަށް ކުރިމަތިވި ދަތި އުދަނގޫ ދުވަސްތަކުގައި ގައުމާއިއެކު އެންމެ ގާތުގައި ވީކަމަށާއި ތަހުގީގުތަކާ ވެސް ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށެވެ.
"ޒިންމާ އިން ރެކިގަތުމާއި ފިލައިގެން ދިޔުމަކީ އަހަރެންގެ އުސޫލެއް ނޫން. ކޮންމެ މީހަކި ކޮންމެ އެއްޗެކޭ ބުންޏަސް މައްސަލައެއް ނެތް، އަހަރެން، އަހަރެންގެ އަމިއްލަ ގައުމު ދެކެ ލޯބިވަން" އަދީބު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އެމްއެމްޕީއާރސީ މައްސަލަ އާއި ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދީބަށް ޖުމުލަ 33 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާއިރު މިސަރުކާރު އައިފަހުން ކުރެވުނު ޝަރީއަތްތަކުގައި ހުކުމް ބާތިލުކޮށް ބައެއް ޝަރީއަތް އަލުން ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
I have been with you in Good times and even through the tough times and I will always be with you. I will face your investigations and I will never run away from responsibilities. No matter what anyone says, I love you Maldives, our beloved and beautiful nation! pic.twitter.com/Xl4iN17JLz
— Ahmed Adeeb (@Ahmed_Adeeb) July 6, 2019
ބޭސްފަރުވާ އަށް އިންޑިޔާގެ ބެންގަލޫރަށް މިދިޔަ މަހުގެ ފަހުކޮޅު އަދީބު ގޮސްފައިވާއިރު އޭނާ މިއަދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަދީބު ބޭސްފަރުވާއަށް އިންޑިއާގައި ހުންނެވީ ކަރެކްޝަންސް އޮފިސަރުންނާއި، ފުލުހުންގެ އޮފިސަރުންނާއެކު އާއިލާގެ ހަވާލުގައެވެ.




