އެމްއެެންޑީއެފްގެ ކޯސްޓްގާޑް ބިލްޑިން ތަޅާލާ އެ ބިން ސާފްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެމްއެންޑީއެފްގެ ކޯސްޓްގާޑް އިމާރާތް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށް އެ އިއުލާނުގައި ވެއެެވެ.
ކޯސްޓްގާޑް އިމާރާތް ތަޅާލުމަށް ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގަައި 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި، ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިގަންނާނި މާދަމާއިން ފެށިގެން މި މަހުގެ 24 އަށް ކަމަށް އިއުލާނުގައި ވެ އެވެ.
ބީލަން ހުޅުވުން އޮންނާނީ 25 ޖުލައިގެ 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާކުރާ މާލަމުގައި ކަމަށްވެސް އެ އިިއުލާނުގައި ބުނެފައި ވެއެވެ.
މާލޭ ބޮޑުތަކުރުފާނު މަގުގައި ރައީސް އޮފީހާ ޖެހިގެން ހުންނަ މި އިމާރާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްއާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ކުރެ އެވެ.



