ޤާނޫނީ ވަކީލުންތަކެއް - ފޮޓޯ: އަވަސް

ވޯޓާރސް ލިސްޓްއަށް ބަދަލުތަކެއް އައިސްފައިވޭ - އީސީ

ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބަށް އާންމުކުރި ވޯޓާރސް ލިސްޓަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ބާކައުސިލް އިންތިހާބުގެ ކެނޑިޑޭޓް ނަންބަރު ތަރުތީބު ކުރުމަށްފަހު ނޫސްވެރިނަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާތަކާއި ގުޅިގެން ވޯޓަރސް ލިސްޓް ވަނީ އިތުރު ވެފައިކަމަށެވެ.

އެގޮތުން 12 ޝަކުވާއެއް ވޯޓަރސްލިސްޓައާއި ގުޅިގެން ހުށައަޅާފައިވާ ކަމަށާއި، އެއީ އެޑްރެސް ނުބައިކޮށް އޮވެގެން 1 ޝަކުވާއާއި، ނަން ނުބައިކޮށް އޮވެގެން 8 ޝަކުވާއަކާއި، ލިސްޓްގައި ނަން ނެތިގެން 3 ޝަކުވާއެކެވެ.

މި ޝަކުވާތަކާއި ގުޅިގެން ވާރޓާރސް ލިސްޓްގައި ކުރިން އިޢުލާން ކުރި 1487 ގެ ބަދަލުގައި 1490 އަށް މިހާރުވަނީ އިތުރުކޮށްފައެވެ.

އިލެކްޝަން ވޯޓަރސް ލިސްޓްގައި އަދިވެސް އައިޑީކާޑް ނަންބަރު ނެތް ބޭފުޅުން އެބަތިބި ކަމަށާއި އެފަރާތްތަކުގެ މަޢުލޫމާތު އިލެކްޝަނާއި ޙިއްސާ ކުރެއްވުމަށް ވަނީ އެދި ވަޑައިގެންފައެވެ. "ވަރަށް ބޮޑަށް އެދެން ހުރިހާ ވަކީލުންގެ ކިބައިންވެސް މި ލިސްޓް ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑްގެ މަޢުލޫމާތު ނެތް ފަރާތްތަކުން" އެމަޢުލޫމާތު ޙިއްސާކުރެއްވުމަށް އީސީ އިން ވިދާޅުވިއެވެ.

މިއަދާއި ހަމައަށް އިންތިހާބު މޮނީޓަރ ކުރާކަށް އެއްވެސް މީޑިއާއަކުން ހުށައަޅާފައި ނުވާކަމަށާއި، އިންތިހާބު އޮބްޒާވް ކުރާކަށްވެސް އެއްވެސް ފަރާތަކުން ހުށައަޅާފައި ނުވާކަމަށެވެ. އަދި މިމަހުގެ 10 އާއި ހަމައަށް މި ފުރުޝަތު ހުޅުވާލެވިފައިވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ބަ ކައުންސިލްގެ އިންތިހާބުގައި 23 ބޭފުން ވާދަކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ