ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ޞައްޙަ ޢަޤީދާގެ މަތީގައި ދަރިވަރުން ތަރުބިއްޔަތުކުރުމަކީ މުހިންމު ސިޔާސަތެއް - ރައީސް

ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2018 ވަނަ އަހަރު މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަޢުލީމް ޙާޞިލްކުރުމަށް ކޮންމެ ޤައުމަކަށް ދަތުރުކުރިޔަސް، ދަރިވަރުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ވިދާޅުވެ، އެކަމަށް ރައީސް ޞޯލިޙް ވަނީ ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

"ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން އުފަންވާ ކޮންމެ ދަރިވަރަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ދަރިވަރަކަށް ހެދުމަކީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. ތަޢުލީމް ޙާޞިލު ކުރުމަށް ކޮންމެ ޤައުމަކަށް ދަތުރުކުރިޔަސް، ތިޔަ ދަރިވަރުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމަށް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ޙަޔާތުގެ ޢަމަލީ މައިދާނުގައިވެސް، އުޞޫލުތަކުގެ ތެރޭގައި ދިރިއުޅުން ބައްޓަން ކުރުމަކީ، ޤައުމުގެ އިޖްތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިޖްތިމާޢީ ހަމަޖެހުމަކީ، އިޤްތިޞާދު ހަރުދަނާވުމުގެ ބިންގާ ކަމަށްވާއިރު، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލެނބުމަކީ، ޤައުމުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަން ޔަޤީން." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ބޭނުން ޤައުމަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ދަރިވަރުންގެ ލޯނު 3 އިންސައްތައަށް ކުޑަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ