މެގަ މޯލްޑިވްސްގެ ސީއީއޯ

މެގަ މޯލްޑިވްސް އިން އެމްއޭސީއެލްއަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ހުކުމް ކޮށްފި

މެގަ ގްލޯބަލް އެއާ ސާވިސަސް މޯލްޑިވްސް (މެގަ މޯލްޑިވްސް) އިން ދިވެހި ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ޑޮލަރު ދެއްކުމަށް އިއްޔެ ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މީގެ ކުރިންވެސް މެގަ މޯލްޑިވްސް އިން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ދައްކަންޖެހޭކަމަށް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

10 މަސް ތެރޭގައި ދެއްކުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ހުކުމް ކޮށްފައިވާ 1.01 މިލިއަން ޑޮލަރަކީ، ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އެ އެއާލައިނުން އެމްއޭސީއެލް އަށް ދައްކަންޖެހޭ ފައިސާއެވެ. އަދި މީގެ އިތުރުން 2،800 ރުފިޔާ ދެއްކުމަށްވެސް އެ އެއާލައިނުގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފައިވެއެވެ.

އިއްޔެގެ ނިޔަލަށް މެގަ މޯލްޑިވްސް އިން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި އެ އެއާލައިނުން ދައްކަންޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ދައްކާ ހަލާސް ކުރަން ޖެހޭ ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވެއެވެ.

މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން މެގަ މޯލްޑިވްސްގެ އޮޕަރޭޝަންތައް 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ