ހޯމް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ ބަޖެޓުން 17 ރަށެއްގައި ކުދި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކުން ހިންގާ ކުދި މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން މިއަހަރު 17 ރަށަކަށް 4.8 މިލިއަން ރުފިޔާ ހޯމް މިނިސްޓްރީން ދޭނެ ކަމަށެވެ.
އެގޮތުން ހަތަރު ދާއިރާއަކުން އެހީވުމަށް ހަމަޖެހިފައިވާއިރު، ގަބުރުސްތާނު ރޭނުމަށް ހަތަރު ރަށަކަށް 1.3 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ހަތް ރަށެއްގައި މަގުބައްތި ޖެހުމަށް 1.9 މިލިއަން ރުފިޔާގެ އިތުރުން ކުޑަކުދިންގެ ޕާކް ހެދުމާއި ފިނި މައިޒާން ހެދުމަށް 1.7 މިލިއަން ރުފިޔާ ދިނުމަށްވެސް ހޯމް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ރަށްރަށުގެ ކައުންސިލްތަކުން ހިންގާ ކުދި މަޝްރޫޢުތަކަށް އެހީވުމަށް މިއަހަރު 17 ރަށަކަށް 4.8 މިލިއަން ރުފިޔާ ހޯމް މިނިސްޓްރީން ދޭނެ. pic.twitter.com/v94ZMLfTeM
— Home Ministry, MV (@HomeMinistrymv) July 10, 2019
މިފަދަ މަޝްރޫއުތަކަށް މީގެ ކުރިންވެސް ހޯމް މިނިސްޓްރީން އެކި މިންވަރަށް ރަށު ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.



