ވަކީލުން - ފޮޓޯ: ވަގުތު

ރަނގަޅު ފާހަގަ ފިޔަވައި، އިތުރު އެއްޗެއް ލިޔެފިނަމަ ވޯޓް ކަރުދާސް ބާތިލްވާނެ

ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާސް ބާތިލްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު 2019 ގައި ޞައްޙަ ވޯޓާއި ބާޠިލް ވޯޓު ކަނޑައެޅުމާ ގުޅޭ ގޮތުން މިއަދު އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ވޯޓު ގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާޠިލުވޯޓެކެވެ.

  • އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
  • އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓު.
  • ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
  • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު.
  • އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައި އޮންނަ ކޮންމެ ވޯޓު ކަރުދާހެއް.

އިސްވެ ބަޔާންކުރެވިފައިވާ ގޮތްތަކުގެ އިތުރުން އެމީހަކަށް ދޫކުރާ ވޯޓު ކަރުދާހުގައި، އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ކޮންމެ ވޯޓަކީ ޞައްޙަ ވޯޓެއް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ބާ ކައުންސިލް ހިންގާނީ އެގްޒެކްޓިވް ކޮމެޓީންނެވެ. ކޮމެޓީގައި އެކުލެވިގެންވަނީ 9 މެންބަރުންގެ މައްޗަށެވެ. ބަންޑާރަނައިބު ފިޔަވައި ކޮމެޓީގައި ހިމެނޭ ރައީސްއާއި، ނައިބުރައީސްއާއި އަދި މެންބަރުން އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މިއިންތިޚާބުގައި ވޯޓުލެވޭނީ ޤާނޫނަށް އަމަލުކުރަންފެށިއިރު، ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ