ކްލަބު ތިލަދުންމަތީ އަދި ބީއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

ޕެންޓަގްރާމް ހިރަފުސް ކަޕް - ކްލަބު ތިލަދުންމަތި އަތުން ބަލިވެ ބީއެސްއޭ ކަޓައިފި

ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ކްލަބު ތިލަދުންމައްޗާއި ދެކޮޅަށް ކުޅެވުނު މެޗުން ބަލިވެ ކުޅުދުއްފުށީ ބަސީރު ސްޕޯޓްސް އެކަޑަމީ މުބާރާތުން ކަޓައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ބީއެސްއޭ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސްވަނީ ބަލިވެފައެވެ. ބީއެސްއޭ ކުޅުނު ފުރަތަމަ މެޗުން ދަށްވީ ސްކައިއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު 1-3 ގެ ނަތީޖާއަކުން ބަލިވީ ކޮރަލްސްއާ ބައްދަލުކޮށެވެ. އަދި ތިންވަނަ މެޗުގައި މިއަދު ކްލަބް ތިލަދުންމައްޗާއި ބައްދަލުކޮށް ބަލިވީ 1-4 ގެ ނަތީޖާއަކުންނެވެ.

ކްލަބު ތިލަދުންމަތީ އަދި ބީއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

ކްލަބު ތިލަދުންމަތީގެ ލަނޑުތައް ޖަހާފައިވަނީ މުޙައްމަދު އިބްރާހިމް، ޙުސައިން ވަސީމް، ހަމްޒާ އަބޫބަކުރު އަދި ޙުސައިން އީސާއެވެ. އަދި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބު ތިލަދުންމަތީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން ހަމްޒާ އަބޫބަކުރެވެ.

އަދި ބީއެސްއޭގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޙްމަދު އިބްރާހީމްއެވެ. މިއަދުގެ މެޗުން ދަށްވެ ބީއެސްއޭއިން މުބާރާތުން ކަޓާފައިވީނަމަވެސް އެޓީމަށް ބާކީ އަދި އެއްމެޗު އެބައޮތެވެ.

މިމަހުގެ 15 ގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗުގައި ބީއެސްއޭ ނުކުންނާނީ ޒިގްޒެގާއި ދެކޮޅަށެވެ.

މިއަދުގެ މެޗުން މޮޅުވެ ކްލަބު ތިލަދުންމަތީ ކުޅުނު ތިންމެޗުން ޖުމްލަ 6 ޕޮއިންޓް ހޯދާފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެކްލަބު ނުކުންނަން ޖެހޭނީ ކޮރަލްސްއާ ދެކޮޅަށެވެ. ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައެޅިގެންދާނެ މިމެޗު ވެގެންދާނީ ވަރަށްވެސް ފޯރިގަދަ މެޗަކަށެވެ.

ކްލަބު ތިލަދުންމަތީ އަދި ބީއެސްއޭ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ހިރަފުސް އެފްބީ ޕޭޖް

މިގްރޫޕްގައި މިހާތަނަށް ކުޅުނު މެޗުގެ ނަތީޖާތަކަށް ބަލާލާއިރު ގްރޫޕް 1 ގެ އެއްވަނާގައި 7 ޕޮއިންޓާއެކުއޮތީ ސްކައިއެވެ. އަދި 6 ޕޮއިންޓާއެކު ކްލަބު ތިލަދުންމައްޗަށް ލިބެނީ މިގްރޫޕްގެ ދެވަނައެވެ. ކޮރަލްސްއަށް ތިންވަނަ ލިބެނީ ކްލަބު ތިލަދުންމައްޗަށްވުރެ އެއްޕޮއިންޓް މަދުން ލިބިގެންނެވެ.

މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ގޮތުން ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެޓީމެވެ.

މިމުބާރާތުގެ ގްރޫޕް 2 މެޗެއް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗުގައި ބައްދަލުކުރާނީ ނޮޅިވަރަންފަރުގެ ލައިކަން އަދި ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަންއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ