ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން ދ.މާއެނބޫދޫގައި ސްކޫލްގައި ލައިބްރަރީއެއް ހުޅުވައިފިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މިދިޔަ ހުކުރު ދުވަހު ހުޅުވި މިލައިބްރަރީގައި 700 އެއްހާ ފޮތް ހުންނާނެކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކަށް ހުށައެޅޭ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެބޭންކްގެ ކޮމިއުނިޓީ ފަންޑުންގެ ދަށުން މިޕްރޮޕޯސަލްތަކަށް އެހީތެރިވަމުންދަނީ އަހަރުގެ ހަތަރު ކުއާޓާގައެވެ. އަދި މިއިން ކޮންމެ ކުއާޓާއެއްގައިވެސް ހުށައެޅިފައިވާ އެންމެ ރަނގަޅު 5 ޕްރޮޕޯސަލްއަކަށް އެބޭންކްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން 50،000 ރުފިޔާ ދިނުމަށް ބޭނުންކުން ނިންމާފައިވާކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ.

މިގޮތުން މާއެނބޫދޫ ސްކޫލްގައި ހުޅުވުނު ލައިބްރަރީއަކީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުށައެޅުނު އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޕޯސަލްގައި ހިމެނުނު ތަނެކެވެ.
"ވޭތުވެދިޔަ ދެ އަހަރުގައި ރާއްޖޭގެ މުޖުތަމަޢު ރަނގަޅުކުރުމަށް އެހީތެރިވެދިނުމަށް ބޭންކުންވަނީ އިންވެސްޓްމަންޓްތައް ދެގުނަ ކޮށްފައި. މިފަންޑްގެ އެހީގައި މުޖުތަމަޢުގެ ޙަލަތު ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިދަނީ އެހީތެރިވަމުން" ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.
"ޓީޗަރެއްގެ ޙައިސިްޔަތުން މިހާރު އުޅޭ ކިޔަވާކުދިން ފޮތަށް އަހުލުވެރިކޮށް އެފޮތުގެ ބޭނުން ހިފައިގެން ހުނަރު ތަރައްޤީ ކުރާތަށް ފެނުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއް" މާއެނބޫދޫގައި ލައިބްރަރީގެ ޕްރޮޕޯސަލް ހުށައެޅި ނާޝިދު އާދަމް ނަޞީރު ބުންޏެވެ.
								
											

