ދިވެހި ޤައުމީ ގަސް، ދިވެހި ރުކަކީ އޭގެ ކޮންމެ ތަންކޮޅެއްވެސް ބޭނުންހިފޭ އެއްޗެކޭ ބުނާއަޑު އެންމެހާ ދިވެހިންވެސް އަހާނެއެވެ. ނަމަވެސް "ރުއްގުޅިއެއް" ރަންގަނޑެއްގެ އަގުގައި ވިއްކާލި ވާހަކަ މީގެ ކުރިން ގިނަ ދިވެހިން އަހާފައި ވާނޭކަމަކަށް ނުބެލެވެއެވެ.
މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވީ ހުކުރު ދުވަހަކީ ތިލަދުންމަތީ ދެކުނުބުރީ ނޭކުރަންދޫގައި އާދައިގެމަތިން ނީލަމެއް ބޭއްވި ދުވަހެކެވެ. އެރަށު ކައުންސިލުން ބޭއްވި މި ނީލަމަށް ބޮޑު ތަރުހީބެއް ލިބުނުކަމުގެ ފުރިހަމަ ހެކި މިހުރީ ފެންނާށެވެ.
ނޭކުރަންދޫ ކައުންސިލުން ކެފޭ ތަރައްޤީކުރާ ބިން ސާފުކުރުމަށް ކަނޑާފައިވާ ރުއްތައް ވިއްކާލުމަށް މިއަދު ބޭއްވި ނީލަމުގެ ތެރެއިން ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ 15 ވަރަކަށް ފޫޓް ހުންނަ ވަރުގެ ރުއްގުޅިއަކަށެވެ. ނީލަން ކިޔަމުން ދިޔައިރު ގިނަ ބަޔަކު އެ ރުއްގުޅީގެ އަގު އަރުވަމުންދިޔައެވެ.
"ފެށުން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނޭކުރަންދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، 15 ވަރަކަށް ފޫޓް ހުރި އެ ރުއްގުޅި ނީލަމުގައި އަމިއްލަ ފަރާތަކުން ގަނެފައިވަނީ 2500ރ އަށް ކަމަށެވެ.
އެވަރުގެ ރުއްގުޅިއެއް 2500ރ އަށް މީހަކު ގަނެފައިވާއިރު، ރީތި ދިގު ދިވެހި ރުކެއްވެސް 500ރ އާއި 800ރ އާއި ދެމެދުގެ އަގެއްގައި ގަންނަން ލިބޭނެއެވެ. ނަމަވެސް ދިގު ރުކެއްގެ އަގުގެ ތިންގުނަ ބޮޑު އަގެއްގައި މި ރުއްގުޅި ގަނެފައިވަނީ ނީލަމުގެ ތެރޭގައި އަގު އަރުވަމުންގޮހެވެ.
މީސްމީޑިއާގައި ޢާއްމުވެފައިވާ މި ރުއްގުޅީގެ ފޮޓޯއިން ފެންނަ ގޮތުގައި އެ ރުއްގުޅިއަކީ މެދުމިނުގެ ވަށަމިނެއްގެ އާދައިގެ ރުއްގުޅިއެކެވެ. އެ ފޮޓޯއަށް ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތަކުގެ ތެރޭގައި، "އެއީ ރަންގަނޑެއްތޯވެސް" ސުވާލުކޮށްފައިވެއެވެ.
"ވަރަށް އާސާރީ އެއްޗަކަށް ތިވީ." އެ ރުއްގުޅީގެ ފޮޓޯއަށް މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެއެވެ.
Miadhu kee Neelamugai 2500.00 rufiyaa ah vikunu Ruh Buri...? #NeykurendhooCouncil#EmmeBoduKandoofaaIsland
Posted by Mohamed Zahir Abdhul Sattar on Friday, 12 July 2019
ވާދަވެރިކަން ބޮޑުވެ ބައެއް ނީލަންތަކުގައި ގަހާއި ރުކުގެ އިތުރުން ބައުވެފައިވާ ހަރު މުދާވެސް ބައެއް ރަށްރަށުގައި ބޮޑެތި އަގުތަކުގެ މީގެ ކުރިންވެސް ވިއްކާފައިވާކަން ދިވެހި ތާރީހުން އެނގެން އެބަހުއްޓެވެ. އެގޮތުގެ މަތިން "ރުއްގުޅިއެއް ރަންގަނޑެއްގެ އަގުގައި" ވިއްކާލައި ބޮޑު ކަނޑޫފާ ރަށުގެ ގޮތުގައި މަޝްހޫރު ނޭކުރެންދޫވެސް މިވަނީ ތާރީޚުން ޖާގަހޯދާފައެވެ.





3 Responses
Mi habaru liyunu meehaa moya.rangandeh 2500 rufoua ah kon gaakun libeynee
މޮޔަ ބައެއް
ނަމަވެސް “ރުއްގުޅިއެއް” ރަންގަނޑެއްގެ އަގުގައި ވިއްކާލި ވާހަކަ މީގެ ކުރިން ގިނަ ދިވެހިން އަހާފައި ވާނޭކަމަކަށް ނުބެލެވެއެވެ
ވާދަވެރިކަން ބޮޑުވެ ބައެއް ނީލަންތަކުގައި ގަހާއި ރުކުގެ އިތުރުން ބައުވެފައިވާ ހަރު މުދާވެސް ބައެއް ރަށްރަށުގައި ބޮޑެތި އަގުތަކުގެ މީގެ ކުރިންވެސް ވިއްކާފައިވާކަން ދިވެހި ތާރީހުން އެނގެން އެބަހުއްޓެވެ
Feshumaai ninmun varah dhekolhu nujehey