މާރާމާރީ މަދު ކުޅުދުއްފުށީ ސިޓީގައި އިއްޔެ މިވަނީ ކަންބޮޑުވާންޖެހޭފަދަ މާރާމާރީއެއް ހިނގާފައެވެ. މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ބޮޑު މިނަކުން ނޫނެވެ. މާރާމާރީގެ ފަހަތުގައި ފޮރުވިފައިވާ ކަންކަމުގެ ސީރިއަސް ކަމުންނެވެ. މި މައްސަލަ ހިނގަމުންދާ ގޮތާމެދު އުތުރުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުމާއިވެސް އެކުމެއެވެ.
ފުލުހުން އިއްޔެ ވިދާޅުވީ، ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ދެބައެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ އިއްޔެ މެންދުރުފަހު 02:30 ހާއިރު ފުލުހުންނަށް ހުށަހެޅި، ދެ މީހަކަށް އަނިޔާވެގެން ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، މި މާރާމާރީއާއި ގުޅިގެން 27 އަހަރުގެ އަދި 38 އަހަރުގެ ދެ ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް ކުޅުޅުއްފުށީ މެޖިސްޓްރޭޓް ކޯޓުން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކުރި27 އަހަރުގެ މީހާއަށް 3 ދުވަސް އަދި 38 އަހަރުގެ މީހާއަށް 2 ދުވަސް ވަނީ ޖަހާފައެވެ.
މިނޫހުން އެއްކުރި މަޢުލޫމާތަށް ބަލާއިރު، މި މާރާމާރީއަކީ މަސްތުވާތަކެތި ބޭނުންކުރަނިކޮށް ރައްޔިތުން ނިކުމެ ހދ. ކުރިނބީން ކުޅުދުއްފުށި ޒުވާނަކު ނެރެ ރަށުން ބޭލުމަށް ފުލުހުންނާ ހަވާލުކުރި މައްސަލައާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހިންގި މާރާމާރީއެކެވެ. ހާދިސާ ހިނގި ގޮތަށް ބަލާއިރު، ކުރިނބީން ބޭރުކުރި މަސްތުވާތަކެތި ބޭނުންކުރާ ކުޅުދުއްފުށީ ޒުވާނާގެ ފަރާތުން ކުރިނބީގެ ގިނަ ބަޔަކަށް އިންޒާރުދީފައެވެ. ކުޅުދުއްފުއްޓަށް ނޭރުމަށާއި، އަރައިފިނަމަ ހަމަލާދޭނެކަމަށެވެ. އިއްޔެގެ މާރާމާރީއަކީ އެ އިންޒާރުތަކަށްފަހު ދިން ފުރަތަމަ ހަމަލާއެވެ.
"ކުރިނބީން ބޭރުކުރި ޒުވާނާއާއި އެކު 6 މީހުންގެ ގްރޫޕަކުން އައީ ހުސައިން އިނާޒް (ހައްޔަރުކުރި38 އަހަރުގެ މީހާ) ކުޅުދުއްފުށިން ފުރަން ބަނދަރުގައި ހުއްޓާ. 6 މީހުންގެ ގްރޫޕުން ހަމަލާދޭން އައިއިރު ހުސައިން އިނާޒްގެ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދެ ރަހުމަތްތެރިންވެސް އޭނާ ކައިރީހުރި. ނަމަވެސް 6 މީހުންގެ ގްރޫޕުން އައިގޮތަށް ހަމަލާދީ މާރާމާރީ ހިންގީ. ފުލުހުން ސީންއައި އައި ފަހުންވެސް އެ ގްރޫޕުން ހަމަލާދިން." ޟަރޫރީ ބޭނުމަކު ކުޅުދުއްފުއްޓަށް ދިޔަ ކުރިނބީ މީހަކަށް ހަމަލާދިންގޮތް މަންޒަރު ދުށް ފަރާތަކުން ހިއްސާކުރަމުން ބުނެފައިވެއެވެ.
6 މީހުންގެ ގްރޫޕަކުން އައިސް ދިން ހަމަލާގައި ހުސައިން އިނާޒަށް އެކިވަރުގެ އަނިޔާތައްވެސް ވިއެވެ. ނަމަވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން އޭނާގެ މައްޗަށް ކުރީ މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ. ގުރޫޕެއްގެ ހަމަލާއިން ދިފާއުވުމަށް ކުރި މަސައްކަތް އެ ސްޓޭޝަނުގެ ފުލުހުން ބަދަލުކޮށްލީ މާރާމާރީ ހިންގުމަށެވެ. މިއީ ދިވެހިރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޅީން ހިލާފަށް ހިންގި އަމަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހުސައިން އިނާޒު ނުހައްޤުން ހައްޔަރުކޮށް، ފުލުހުން އުޞޫލުތަކުގެ ބޭރުން އަމަލުކުރާކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި އޭނާ މިނިވަންކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލަން ފަށާފައެވެ.
"ނުހައްޤުން" ހުސައިން އިނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލުކުރުމުން ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ ބެލުމަށްފަހު ޖަވާބެއް ދެއްވާނެކަމަށެވެ.
އުތުރުގެ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބޮޑު ޒިންމާ އެޅިފައިވާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އަމަލުކުރަމުންދާ ގޮތްތަކާމެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުގެ އަދަދު އިތުރުވަމުންދާއިރު، މިއީ ދިވެހި ފުލުހުންގެ މުއައްސަސާއިން ބަލައި ފިޔަވަޅު އަޅަންޖެހޭ ކަންކަމެވެ. ރައްޔިތުންގެ ހިމާޔަތުގައި ތިބެންޖެހޭ ފަރާތްތައް، "މުޖުރިމުންގެ" ހިމާޔަތުގައި ނުތިބޭނެކަން ކަށަވަރުކުރާންޖެހެއެވެ.
12 Responses
Kulhudhuffushi ga ulheny kohun.laa hedhumun emyhun tharaggee ee. Sikundiaku neh ehcheh.
ރަށުުމީދާ ރަށަށް ގަދަވަނީ މަސްތުވާން … ޤާނޫނާ ޙިލާފު ކަންކަން ކުރަން …މާރާމާރީ ހިންގަން…ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަންކަންކުރަން … ނުހައްގުން މީހުންނަށް އަދަބު ދޭން…
ގަބޫލު ކުރިއަސް ނުކުރިއަސް ތިޔަ ކުޅުދުއްދުއްޓަކީ މާ ތަހުޒީބު ބަޔަކު ދިރިއުޅޭ ރަށެއްނޫން.. އަތޮޅުގެ އެހެން ރަށަކުން ސިއްޚީ ހިދުމަށް ނުލިބޭތީ މުޅި އަތޮޅުން ތިރަށަށް މީހުން ދަނީ… ރަށުމީދާ ރަށަށް ގަދަވާނެކަން އަހަރުންނަށް ވެސް އެނގޭ..އެކަމް ޕޮލިހުން ގޮސް ވަކި އަތަކަށް ޖެހި މައްސަލަބެލީމަ އޭތި ކަޑަ… މޯލްޑިވްސް ޕޮލިސް އަކީ މުޅިހުރިހާ ރައްޔިތުންނަށް ހިދުމަށް ދޭން ހުންނަބައެއް. ވަކިރަށެއްގެ މީހެއް ތަފާތު ނުކުރެވޭނެ. ދިސް ޑަޒްނޮޓް މޭކް ސެންސް. 6މީހުން އައިސް އެކަކު ގައިގައި މާރާމާރީ ހިންގީމަ 6މީހުން ދޫކޮށްލާ މާރާމާރީގެ ޝިކާރަޔަކަށް ވި މީހާ ހައްޔަރުކޮށް. އޭނާ އަކީ މީގެ ކުރިން އެއްވެސް މައްސަލައެއްގައި ހައްޔަރުވެސް ނުކުރާ ކުށުގެ ރެކޯޑް ނެތް މީހެއް. ދެން ތިޔަ މާރާމާރީއެއް ހިންގަން ދިޔަ މީހުންގެ ފެންވަރު އަޅެ ނިކަން ރަށުމީހުން އަހަރުންނަަށް ކިޔާދީބަލަ
ކުރިނބީގައި މަސްތުވާތަކެތި ބޭނުންކުރަނިކޮށް ރެޑްކޮށްއަތުލައި ރަށުން ބޭލީ ކުޅުދުއްފުށީ ބަރޯ އަލީ ދަރިއެއް، އޭގެ ބަދަލު ހިފަން ކުރިނބީ މީހާއާ މާރީމާރީ ހިންގަން ނުކުތީ ބަރޯ އާއިލާ މީހުން، އޭގެތެރޭގައި އެންމެ ފޯރީގައި ތަޅަން ހުރީ ޕީޕީއެމް ޓިކެޓްގައި ކުޅުދުއްފުށީ ސީޓީ ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލައިގެން ހުރީ ރަފީޓޯ، ރައްޔިތުންނަށް ކޮން ވެރިކަމެއް ކޮށްދެވޭނީ، ހަކުރު ބޯ މީހުންނާ ވަގުން އުޅޭ އާއިލާއެއް ތި ބަރޯ އާއިލާއަކީ. ބޮޑު ބަރޯވެސް ބުނީ ހުސް އަންހެން ދަރިންނޯ އަހަންނަށް ލިބުނީ އެހެން ނޫންނަމަ ލޯނެއްނަގައި ބޮޑު މަސް ދޯންޏެއް ބަނދެދީފައި މަހަށް ފުރާށޭ ބުނީމަ ފަޅުގައި އޮވެގެން ފިވީސް ހެއްޔޯ؟ ކަތް
Kurinbee raithun nukume ehves rashehge meehaku havarahdhee rashun baaala thalhaa hadhaafaeh nuvey madhubayaku kurikameh kuree mauloomaathu libifa oiy gothun maaraamaaree ge ehves kameh nuhingaa
Hakuruge haayyaka kulhudhuffushi badhaluveeveeves Hama Maldives police service ge kulhudhuffushi police station ge sababun Hama thigotha maaraamarie ge biruveri thanaka thi rah badhaluvumge Kurin thi drug group thaka gulhun huri kulhudhuffushi police station ga masakkai kuraa police beykalun ethanun badhalukodhee police station islaahu kodhee ….CP HAMEEDH …SPEAKER MOHAMED
NASHEED …HEP IBU SOLIH
ދެމީހަކު ހައްޔަރު ކުރިވާހަކަ އެބަބުނޭ. އެންމެ މީހަކު ހައްޔަރު ކުރި ވާހަކަ ދައްކަނީ ކީއްވެ؟
މިކޮމެންޓު ނުޖަހާނީ ހަޖަމް ނުވާތި ނޫނީ ތެދެއް ބުނަން ނުކެރިގެން! މިނޫހަކީ ސީދާ ކުޅުދުއްފުޓަށް ގިނައިން މީހުން އަރާތީ ހަޖަމް ނުވެގެން އުޅޭ މީހަކު ހިންގާ ނޫހެއްކަމަށް ފެނޭ، ކަންހިގާފައިވަނީ ނޫހުގައި ބުނެފައިވާ ގޮތާ ދިމާ އިދިކޮޅަށް ، ހަޖަމް ނުވިޔަސް މީހުން މިރަށަށް އަރާނެ، އަދި އާބާދީ އާއި ބަލާފައި މިއަށް ވުރެ ޕީސްފުލް ރަށެއް މި ދިވެހި ފަސްގަޑަކުން ނުވެސް ދެއްކޭނެ! ކުުރިއަށް ޢޮތްތާގައި އަދި އިތުރަށް މީހުން އަރާނެ، ވަރަށް އަވަހަސް އިތުރު 2 ކުލިނިކް މިރަށުގައި ހުޅުވިގެން ދާނެ އަދި ބޮޑެތި ފިހާރަ ތަށް ހުޅުވުން ހުރީ ދާދި ގާތުގައި އަދި އިތުރު ކޯސްތައް އާކޮލެޖް ތަކުގައި ފެށިގެންދާނެ!
އެއްވެސް ޕްރޮފެސަނަލް ބައެއްނޫން ތިޔައީ
މަސްތުވާތަކެތި ބޭނުން ކުރަންތިއްބާ ރެޑްހޭންޑުކޮށް ވީ.ޑިއޯކޮށް ފުލުހުންނާއި ހަވާލުކުރީމަވެސް އޭނާ ދޫކޮއްލީ! ފަހުންއެކަމުގެ ބަދަލުހިފަން 6 ގުރޫފް ހަދައިގެންގޮސް މާޜާމާޜީ ޙިންގީމަ. އެމީޙުން ދޫކޮއްލަވާ ޢަނިޔާ ލިބުނު މީޙާ ޙައްޔަރު ކޮށް މައްސަލަ ދޫކޮއްލަން ޑިމާންޑު ކުރީމަ……
ކޮންމެ ކަމެއްގަވެސް ދިވެހިންނަށް ދަސްވެފަ އޮންނަނީ އެންމެ ފަހުވަގުތު ފުލުހުން ކުއްވެރި ކުރުމަށްފަހު ތިމާ ތާއީދު ކުރާ މީހަކު އިނޮސެންޓް މީހަކަށް ހެދުމަށެވެ. މި ޚަބަރު ކިޔާލުމުން މި މާރާމާރީ ހިނގުމުގެ އަސްލަކީ ކުރިނބީގައި ހިނގައިދިޔަ ހާދިސާކަން އެނގެން އެބައޮތެވެ. ކުރިނބީގައި ހާދިސާ ހިނގިގޮތް މީގެ ކުރީގެ ހަބަރުތަކަކުން ވަރަށް ސާފުކޮށް އެނގެއެވެ. ކުޅުދުއްފުށީ މީހާއަށް ވަރަށް ހަޑިހުތުރުބަހުން މުޢާމަލާތްކޮށް، އޭނައަށް ގިނަބަޔަކު ވެގެން އަނިޔާކޮށް، މުޅި ސޯޝަލްމީޑިއާގަ އޭނަ ލަދުގަންނަވާލާ، އޭނަ ރަށުން ބާލަން މަޖުބޫރުކުރުވީއެވެ. ކުރިނބީ މީހުން އެކަން ކުރީ ފަހުން ވާނެ ގޮތަކަށް ނުވިސްނާ، ވަގުތީގޮތުން ރަށުގެ ރައްޔިތުންނަށް ލިބެން އޮތް ހިތްހަމަޖެހުމުގެ މައްޗަށެވެ. މީހަކު ޤާނޫނާޚިލާފަށް އަމަލު ކުރުމުން ނުވަތަ ކިތަންމެ ބައިވަރު ކުށެއްކުރިޔަސް ރައްޔިތުން ނިކުމެ އެމީހަކާމެދު ގޮތްނިންމާ އެމީހަކު ހަވަރަށްދީ، އެމީހަކު ރަށުންބޭލުމުގެ އިޚްތިޔާރެއް ނޯންނާނެއެވެ. މީހަކާމެދު ފިޔަވަޅު އަޅަންޖެހޭނީ އެކަމަށް ހާއްސަ ކުރެވިފަވާ ދައުލަތުގެ މުއައްސަސާތަކުންނެވެ. މުއައްސަސާތަކުން އެފަދަ މީހުނާމެދު ފިޔަވަޅު ނާޅާނަމަ ރައްޔިތުން ޕްރެޝަރު ކުރަންޖެހޭނީ އެ މުއައްސަސާގެ ބެލެނިވެރިފަރާތްތަކަށެވެ. ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެވެސް ބެލެނިވެރި ފަރާތްތަކަކީ އެކި އެކި ކަންކަމަށް ރައްޔިތުން ވޯޓު ލައިގެން ރައްޔިތުން ހޮވާފަ ތިބި މީހުންނެވެ. ރައީސުލް ޖުމްހޫރިއްޔާ، މަޖްލިސް މެމްބަރުން، އަދި ކައުންސިލް މެމްބަރުން މީ މުޅިންވެސް ރައްޔިތުން ވޯޓު ދީގެން ހޮވާފަތިބި މީހުންނެވެ. ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާއެއްވެސް މިބުނި މީހުންތައް ނުރުހޭގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ޙަޤީޤަތަކީ މިއެވެ. ރައްޔިތުންނަށް ކަންބޮޑުވާ ކަމެއް ދިމާވެއްޖެނަމަ ޕްރެޝަރު ކުރަންޖެހޭނީ އެމީހުނަށެވެ. އެމީހުންނަށް ހައްލު ނުކުރެވޭނެ އެއްވެސް ކަމެއް މިރާއްޖެއަކު ނޯންނާނެއެވެ. މިއަށްވުރެ ބޮޑު ތެދެއް މަށަކަށް ނުހެދޭނެއެވެ. ފުލުހުންވެސް ރަނގަޅު ކުރެވޭނީ އެމީހުންނަށެވެ. މަސްތުވާތަކެތި ވެސް ހުއްޓުވޭނީ އެމީހުންނަށެވެ. މާރާމާރީ އާއި ވައްކަންވެސް ހުއްޓުވޭނީ އެމީހުންނަށެވެ. މައްސަލަ ތައް ގޯސްވެހައްލު ނުވަނީ ރައްޔިތުން ތަހުޒީބު ނުވާތީއެވެ. މިތަނުގަ ވާގޮތެއް، ވާންވީގޮތެއް ނުވާންވީގޮތެއް ނޭނގޭތީއެވެ. އުޑެއް ބުޑެއް ނޭނގޭތީއެވެ. ކަންކަމާމެދު ވިސްނާ ފިކުރުކުރަން ނޭނގި ތިބެ، ތިމާ ތާއީދުކުރާ ސިޔާސީ ލީޑަރަކު ބުނާކޮންމެ އެއްޗަކަށް އާނބަސް ބުނާތީއެވެ. ރައްޔިތުން އެއްޗެހި ކިޔަންވީ މި ރާއްޖޭގެ ސިޔާސީ މަގާމުތަކުގަ ތިބި ސިޔާސީ މީހުނަށެވެ. އެމީހުނަށް ކަންކަން ނުވާވާހަކަ އާއި އެމީހުންގެ އިޚްލާސްތެރިކަމެއް ނެތް ވާހަކަ ދައްކާ އެމީހުންނަކީ ރާއްޖޭގެ ހުރިހާކަމެއްގެ ހަލާކުކަމަށް ގަބޫލު ކުރާނަމަ ގައުމުގަ އެއްވެސް ހަނުޖެހުމެއް ނުހިނގާނެއެވެ. ކުރިނބީ މީހާ ހައްޔަރު ކުރާކަށްވެސް ނުޖެހޭނެއެވެ. ކުޅުދުއްފުށީ މީހާ ކުރިނބީގައި ގަންހިންގުވައި ރަށުންބާލާކަށްވެސް ނުޖެހޭނެއެވެ.
ކޮބާ ހީވޭ ކަމެއްހެން. ކުރިނބީ މީހުންނަށް ރަކަނިމަސް ކެވިފައި ތިއޮތީ. ރަށު މީދާ ރަށަށް ގަދަވެގެން ރީތި ފިލާވަޅެއް ލިބިއްޖެއެއްނު. މަ ގާތަށް އަންނަނީ ހަަމަ ހިނި