ރެޖިސްޓްރަރ އޮފް ކޮމެޕެނީސް މަރިޔަމް ވިސާމް - ފޮޓޯ: އަވަސް

އިތުރު 1597 ކުންފުނި އުވާލަން ނިންމައިފި

އަހަރީ ފީ ނުދައްކާ އިތުރު 1597 ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައި އެކަން ޢާއްމުކޮށް އިއުލާނުކޮށްފިއެވެ.

މި ކުންފުނިތައް އުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވަނީ، އަހަރީ ފީ ނުދައްކާތީއެވެ. ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން މިފަދަ ކުންފުނިތައް އުވާލަންޖެހެއެވެ.

މިފަހަރު އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2 ޖަނަވަރީ 2002 އާއި 26 ޑިސެމްބަރ 2006 އާއި ދޭތެރޭގައި އޮކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކެވެ. މިއިން އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ހުރިހާ އިލްތިޒާމްތައް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ފުރިހަމަކޮށް އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަންޖެހެއެވެ.

1597 ކުންފުންޏެއް އުވާލަން ނިންމެވިއިރު، މީއަހަރުގެ ތެރޭގައި އިތުރު 523 ކުންފުނިވެސް އުވާލަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި 1979 އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ، މިހާރު ހަރަކާތްތެރި ނޫން ކުންފުނިތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ