ރާއްޖޭގެ ރަށްތަކަކުގެ ކަރަންޓުގެ ޚާލަތު ރަނގަޅުކުރުމަށް 10 ރަށަކަށް ޖަނަރޭޓަރ ސެޓްތައް ފޮނުވައިފިއެވެ.
ފެނަކަ ކޯޕަޜޭޝަނުން މިއަދު ވިދާޅުވީ، ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، ރަށްރަށުގައި ދެވޭ ކަރަންޓުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 10 ރަށަކަށް ފޮނުވަން އައު ޖަނަރޭޓަރ ސެޓްތައް އުޅަނދުތަކަށް ލޯޑުކޮށް ފުރުވާލާފައިވާ ކަމަށެވެ.
ފެނަކަ އިން ރަށްތަކަކަށް އައު ޖަނަރޭޓަރ ސެޓްތައް ފޮނުވިއިރު، މިއަހަރުގެ ކުރީކޮޅުވެސް 30 އަށްވުރެ ގިނަ ރަށްތަކަށް އެ ކުންފުނިން ވަނީ އައު ޖަނަރޭޓަރ ސެޓް ފޮނުވައި ޚާލަތު ރަނގަޅުކުރުމަށް ބިޔަ މަޝްރޫއެއް ހިންގާފައެވެ.
Karantah dhimaavaa massalathah hallu kurumashaai, rahrashugai dhevey karantuge khidhumathuge fenvaru mathikurumah kuramundhaa masakkathuge therein 10 rashakah au genset load koh uthuraai dhekunah mihaaruvanee furuvaalevifa #TeamFenaka #KarantugeKhidhumaiy pic.twitter.com/MZe2W9QoCU
— Fenaka Corporation Ltd (@TeamFenaka) July 14, 2019
ފެނަކަ ކޯޕަރޭޝަނުން މިއަދު ޖަނަރޭޓަރ ސެޓް ފޮނުވާ ދިހަ ރަށް:
- 600 ކިލޯވޮޓް - ހއ.އިހަވަންދޫ
- 400 ކިލޯވޮޓް - ރ.އިނގުރައިދޫ
- 400 ކިލޯވޮޓް - ބ.ކެންދޫ
- 400 ކިލޯވޮޓް - ޅ.ކުރެންދޫ
- 400 ކިލޯވޮޓް - ތ.ހިރިލަންދޫ
- 400 ކިލޯވޮޓް - ގއ.މާމެންދޫ
- 600 ކިލޯވޮޓް - ގއ.ގެމަނަފުށި
- 350 ކިލޯވޮޓް - ގދ.ވާދޫ
- 600 ކިލޯވޮޓް - ގދ.މަޑަވެލި
- 800 ކިލޯވޮޓް - ސ.ހުޅުމީދޫ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މީޑިއާ އޮފިޝަލް މިނޫހަށް ވިދާޅުވީ، އައު ޖަނަރޭޓަރ ސެޓްތައް އެެރަށްރަށަށް ލިބުނުހާ އަވަހަކަށް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ކުރިން ލަފާކުރެވިފައި ނުވާ ކަމެއް މެދުވެރި ނުވާނަމަ އާއްމުކޯށް ދެތިން ދުވަހުގެ ތެރޭގައި އިންސްޓޯލްކޮށް ނިންމާލެވޭނެ ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މިއީ އަދި ނިމުން ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ ރާށެއްގެ ކަރަންޓުގެ ޚާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކުންފުނިން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިތުރު ޖަނަރޭޓަރ ސެޓްތައް ގެނައުމާއި، ކަރަންޓު ނެޓްވޯކްތައް ރަނގަޅުކުރުންވެސް ހިމެނޭކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.




