ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން ބުނީ މާދަމާ އިން ފެށިގެން އެ ކުންފުނިން ވިއްކާ ޕެޓްރޯލްގެ އަގުން 1ރ. ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ.
މިއީ އެސްޓީއޯ އިން މި އަހަރު ތެރޭގައި ތެލުގެ އަގު ހެޔޮ ކުރާ ހަތަރު ވަނަ ފަހަރެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 10.13 ރ. އަށެވެ.
މިފަހަރު ޑީސަލްގެ އަގު ހެޔޮކޮށްފައެއް ނުވެ އެވެ. ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 11.97ރ. އަށެވެ.
އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މަހު އެވެ. އެ ފަހަރު، ޑީސަލް ލީޓަރަކުން 78 ލާރި ހެޔޮކޮށްފައިވާ އިރު ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ހެޔޮކޮށްފަ އެވެ.
އާންމު ގޮތެއްގައި ތެލުގެ އަގަށް ބަދަލު ގެންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.



