އައިލްސްއިން ހިންގާ މާސްޓަރ އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯސް ފަށައިފި

އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްްމަންޓް ސްޑީޒް (އައިލްސް) އިން ހިންގާ މާސްޓަރ އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯސް ފަށައިފިއެވެ. މިއީ، ޕޮލިސިންގ އެންޑް ސެކިއުރިޓީ ގެ ދާއިރާއިން ރާއްޖޭގައި ހިންގޭ ފުރަތަމަ މާސްޓަރސް ޕްރޮގްރާމެވެ.

ބައިވެރިވުމުގެ ފުރުސަތު އާމުކޮށް ހުޅުވާލައިގެން ހިންގާ މި ކޯހަކީ މިއަދުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށްކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

ތަންފީޒީ ދާއިރާތަކާއި މިނޫނަސް ލީޑަރޝިޕްގެ ދާއިރާތަކަށް، އެކަށީގެންވާ ޤާބިލު ލީޑަރުން އުފެއްދުމުގެ މަޤްސަދުގައި ހިންގާ މި ކޯހުގައި ކިޔަވައިދެއްވާނީ ޗާލްސް ސްޓާރޓް ޔުނިވާސިޓީގެ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައިވާ މުދައްރިބުންނެވެ. މި ޕްރޮގްރާމް ނިންމާ ދަސްވެނިންނަށް ދޭން ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާރޓް ޔުނިވާސިޓީގެ ސެޓްފިކެޓެވެ.

މިއަދު އައިލްސްގައި ފެށިގެންދިޔަ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ، ލެވެލް 9 ގެ މާސްޓަރސް ކޯހެކެވެ.

މި ކޯހުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ 24 މުވައްޒަފުން ބައިވެރިވެފައިވާއިރު، ޢާންމުންގެ 19 މީހުން ބައިވެރިވެފައިވެއެވެ.

 މާސްޓަރސް ލެވެލްގެ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށްއޮތް ތަނުގައި ހިންގުމަށް ޗާލްސް ސްޓާރޓް ޔުނިވަސިޓީއާއެކު މިހާރުވެސް ދަނީ މަޝްވަރާކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ