މާލެސިޓީގެ ތިން ސަރަޙައްދެއްގައި އެމްޕީއެލްއިން ވެންޑިން މެޝިން ބަހައްޓަނީ

މާލޭ ސިޓީގެ ތިން ސަރަޙައްދެއްގައި ވެންޑިން މެޝިންް ބެހެއްޓުމަށް އެމްޕީއެލުން ނިންމައިފިއެވެ. 

އެމްޕީއެލްއިން ވިދާޅުވީ، ލުއި ބުއިންތަކާއި ލުއި ކާނާ ލިބޭ ވެންޑިން މެޝިން ބެހެއްޓުމަށް ނިންމާފައިވަނީ މާލޭ ބަސް ޓަމިނަލް، ހުޅުމާލެ އިންޓަރނޭޝަނަލް ބަސް ޓާމިނަލް އަދި ޕޯޓް ބިލްޑިންގައިކަމަށެވެ. 

މި ތަންތަނުގައި ވެންޑިން މެޝިން ބަހެއްޓުމަށް ނިންމާފައިވާއިރު، އެ މެޝިންތައް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެމްޕީއެލުން ވަނީ އިޢުލާންކޮށްފައެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 3 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެމްޕީއެލުން އެދެއެވެ. 

ވެންޑިންގެ މެޝިންތައް ވެފައިވަނީ ދިވެހިންގެ މެދުގައި މަޤްބޫލް ހިދުމަތަކަށެވެ. އެގޮތުން އޮފީސްތަކުގައާއި ހޮސްޕިޓަލްތަކުގައި ވެންޑިން މެޝިންތަކުގެ ޙިދުމަތް ލިބެން ހުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ