އެސްޓީއޯ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށް ކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރު ކުންފުނިތަކަށް ލިބިފައިވަނީ 7.1 ބިލިއަން ރުފިޔާއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެސްޓީއޯއަށް ފުރަތަމަ ހަމަސް ދުވަހު 2.3 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު އެކުންފުންޏަށް ލިބުނު އާމްދަނީއަށް ވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށެވެ.

އެ ކުންފުންޏަށް ފުރަތަމަ ހަ މަސް ދުވަހު 1.5 ބިލިއަން ރުފިޔާގެ ލިބިފައި ވެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި އަޅާ ބަލާއިރު 19.47 އިންސައްތަ އިތުރު އަދަދެކެވެ.

ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ދިރާގުންނެވެ. ދިރާގަށް 704 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ.

ލިބުނު އާމްދަނީން ހަރަދުތައް ކެނޑުމަށްފަހު ފުރަތަމަ ހަމަސް ދުވަހުގައި އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ އެމްއޭ.ސީއެލްއަށެވެ.

އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 44.17 އިންސައްތައިގެ ކުރިއެރުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ