މާލޭ ސިޓީ ކައުންސިލުން، ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރަނީ

މާލޭ ސިޓީ ކައުންސިލުން، މާލޭ ސިޓީގެ، ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމައިފިއެވެ.

މާލޭ ސިތީކައުންސިލުން މިއަދު ކޮންފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މާލޭ ސިޓީ ކައުންސިލުން މާލޭ ސިޓީގެ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ ރޭ 20:45 ގައި ރެހެންދި ސްކޫލް ހޯލުގައެވެ. މިބައްދަލުވުމަށް ހުޅުމާލޭގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަށް އެދި އެ ކައުންސިލުން ވަނީ ދަޢުވަތު އަރުވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބުނެފައިވަނީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިފައިވަ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުވަނީއާއި، ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރައްރަށުގެ ކައުންސިލްތަކުން ބާއްވަން ވާނެކަމަށެވެ. އެގޮތުން ޖުލައި މަހު ބާއްވަ އާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިޔަށް އޮތް އަހަރުގެ މަސައްކަތުތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށައަޅައި ޚިޔާލު ހޯދަންވާނެމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ