ރާއްޖެ ތަރައްޤީ ކުރާއިރު، އެއަރޕޯޓަށް 20 މިނިޓުން ނުދެވޭ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެފައިވަނީ މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި އާސަރުކާރުގެ ތަރައްޤީގެ ޕްލޭނަކީ ސަރަހައްދުތަކަކަށް ބަހާލައިގެން ރާއްޖެ ތަރައްޤީ ކުރުން ކަމަށާއި، އެގޮތުން 5 ސަރަހައްދެއް ޕްރައިމަރީ ރީޖަންގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް 9 ސަރަހައްދެއް ސަބް ރީޖަންގެ ގޮތުގައި ފާހަގަ ކުރެވިފައި ވާކަމަށާއި މީގެ ތެރެއިން ޕްރައިމަރީ ހުރިހާ ރީޖަންއެއްގައިވެސް އިންޓަނޭޝަނަލް އެއަރޕޯޓްތައް ހުންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ އަދި މަޤަސަދަކީ 20 މިނިޓް ތެރޭގައި އެއަރޕޯޓުން ފެށިގެން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެވުންކަމަށެވެ. ނަމަވެސް 20 މިނިޓެން އެއަރޕޯޓަށް ނުދެވޭ ބައެއް ރަށްރަށް އެބަހުރިކަމަށާއި ސަރުކާރުގެ ވިސްނުމަކީ އެރަށްރަށަށް ޓްރާންސްޕޯޓް ލިންކްއެއް ގެނައުންކަމަށެވެ. އަދި މުޅި ރާއްޖެވެސް ޓްރާންސްޕޯޓް ލިންކްއަކުން ގުޅުވާލުމަކީ ވެސް ސަރުކާރުގެ އަމާޒެއްކަމުގައި ވަނީ ވިދާޅުވެފައެވެ. މި ޚިދުމަތް ކުރިޔަށްގެނދާނީ ސަރުކާރުން ޚަދަރު ކޮށްގެން ސަރުކާރުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވަކި ހިސާބަކުން މިކަން ރަންގަޅަށް ހިނގައިގަތުމުން ޕްރައިވަޓައިޒް ކުރުމުގެ ވިސްނުން ހުރިކަން ވަނީ ހާމަކުރައްވާފައެވެ.
މިހާތަނަށް ތަޖުރިބާ ކުރެވިފައިހުރީ ދިވެހިރާއްޖެ ތަރައްޤީވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އެއްތަނުން އަނެއްތަނަށް ދަތުރު ފަތުރު ކުރުމުގައި އުޅޭ ދަތިތައް، ދަތުރު ފަތުރުގެ ޚަރަދު ބޮޑުކަން ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އެކިސަރަހައްދުތަކަށް ރާއްޖެ ބަހާލައިފައިވާނެ ކަމަށާއި، ކޮންމެ ސަރަހައްދެއްގައިވެސް ސެންޓްރަލް ރަށެއް ހުންނާނެއެވެ. އަދި ސަރަހައްދީ ތަރައްޤީގެ ޕްލޭންތައްހެދި "ކޮންތަކެއްގަ ކޮން ޚިދުމަތެއްކަން، ކޮންމިންވަރަކަށް ކޮންފެންވަރެއްގަކަން ދޭނީ" އެމަސައްކަތް މިހާރު ހިނގަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ.



