އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު

އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަސީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނަސީރު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް, އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅުވައި ނަސީރަށް ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.

ނަސީރަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، އޭނާ އިސްތިއުފާ ދެއްވާކަން އެމްއެމްއޭގެ މުވައްޒަފުންނާ ބައްދަލުކޮށް މިއަދު ވަނީ ހިއްސާ ކުރައްވައިފައެވެ. 

ނަމަވެސް ނަސީރުގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް މިހާތަނަށް ލިބިފައި ނުވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވެނިކޮށް ނަސީރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެކަމާ ގުޅިގެން އެމްއެމްއޭގެ ރަސްމީ ބަހެއްވެސް އަދި ނަސީރުގެ ބަހެއްވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 24 އޮގަސްޓު 2017 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ