އިޓަލީގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

އިޓަލީގެ ބޮޑުވަޒީރު ޖޮސޭޕޭ ކޮންޓޭ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމެވިކަން ހާމަކޮށްފިއެވެ.

އިޓަލީގެ ޕާލަމެންޓުގައި ވާހަކަދައްކަވަމުން ކޮންޓޭ ވިދާޅުވެފައިވަނީ، އިޓަލީގައި ގާއިމް ކުރެވިފައިވާ އިއްތިހާދީ ސަރުކާރުގެ ބައިވެރިއާ މެޓިއޯ ސެލްވޯނީ ވަނީ ގައުމުގައި ސިޔާސީ ހަމަނުޖެހުން އުފައްދާފައި ކަމަށާއި، މިގޮތަށް ކަންތައް ކޮށްފައިވަނީ ސެލްވޯނީގެ ފައިދާ އަށާއި އަދި ސެލްވޯނީ ނިސްބަތްވެ ވަޑައިގަންނަވާ ނެޝަނަލް ލީގް ޕާޓީގެ ފައިދާ އަށް ކަމަށެވެ.

ސެލްވޯނީ ވަނީ ބޮޑުވަޒީރު ކޮންޓޭގެ އިތުބާރު ނެއްކަމުގެ ވޯޓު ނެގުމަށް ޕާލަމެންޓައް ވައްދައިފައެވެ.

ނެޝަނަލް ލީގް ޕާޓީ އަދި ފައިވް ސްޓަރ މޫވްމެންޓް ގުޅިގެން ކޯލިޝަން ސަރުކާރެއް އިޓަލީގައި އުފައްދައިފައިވަނީ މީގެ 14 ހަފްތާ ކުރިންނެވެ.

ނެޝަނަލް ލީގް ޕާޓީ އިން މަސައްކަތް ކުރަމުންދަނީ އާއިންތިހާބެއް ބޭއްވުމަށްޓަކައެވެ. ނަމަވެސް އިންތިހާބު ބޭއްވުމާއިމެދު ގޮތެއް ނިންމަވާނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާ އެވެ.

މިހާރުގެ ބޮޑުވަޒީރުގެ އިސްތިއުފާ އާއި ގުޅިގެން އަލުން އިންތިހާބު ބޭއްވުމުގެ ބާރު ރައީސް ސަރޖިއޯ މަޓަރެއްލާ އަށް ލިބިގެން ދާއިރު ޕާޓީތަކާއި ވާހަކަ ދައްކައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ދިނުމުގެ ބާރުވެސް ރައީސް ސަރޖިއޯ މަޓަރެއްލާއަށް ލިބިގެން ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް