ހދ.އަތޮޅު ކައުންސިލްގެ ރައީސް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އާދަމް ޢަލީ، ކައުންސިލްގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުން އިސްތިއުފާދެއްވައި ސިޓީ ފޮނުއްވާފައިވާކަން އޭނާ ހާމަކުރައްވާފައިވަނީ އެކައުންސިލްގެ ވައިބަރ ގްރޫޕްގައެވެ.
ވައިބަރ ގްރޫޕަށް ފޮނުވާފައިވާ މެސެޖްގައި އާދަމްއަލީ ވިދާޅުވެފައިވަނީ، ކައުންސިލްގެ ރައީސްގެ މަޤާމުން އިސްތިއުފާދެއްވާފައިވާކަމަށާާއި، އެކަމުގެ ސިޓީއަތޮޅުކައުންސިލަށް ފޮނުއްވާފައިވާނެ ކަމަށެވެ.
ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޢަލީ އަބޫބަކުރު މިނޫހަށް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސްގެ އިސްތިއުފާގެ ސިޓީ އީމެއިލްގެ ޒަރީއާއިން ފޮނުއްވާފައިވާކަން އަންގާފައިވާ ކަމަށާއި، ސިޓީ ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ވިދާޅުވީ، ކޮވިޑް-19 ގެ ކަންކަމާ ދުރުގައި އުޅުއްވުމާއި ގުޅިގެން ކައުންސިލްގެ މެންބަރުންގެ ޕްރެޝަރ ކައުންސިލްގެ ރައީސްއަށް އައިސްފައިވާ ކަމަށާއި، ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބު ދަންނަވަން އެނގިވަޑައިގަންނަވާނީ ސިޓީ ކިޔުއްވުމަށްފަހު ކަމަށެވެ.
ކޮވިޑް-19 ގެ ނުރައްކާތެރިކަން ތިލަދުންމައްޗަށްވެސް ހިޔަނިއަޅާފައިވާއިރު، އަތޮޅު ފެންވަރުގައި މަސައްކަތްތައް ކުރުމުގައި އަތޮޅު ކައުންސިލް ނުކުޅެދިފައިވާކަމަށް ބުނެ އަތޮޅުގެ ގިނަ ބަޔަކު ގެންދަނީ އެ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
3 Responses
މެމްބަރަކު އިސްތިއުފާ ދިނުމަކީ މައްސަލައެއް ނޫން، ސިޔާސީ ކޮންމެ މީހަކުވެސް އަދި ސިވިލް ސާވަންޓުންވެސް މަސައްކަތްކުރާނީ އެމީހެއްގެ ކުރިއެރުމަށްވެސް ވިސްނައިގެން، އެހެންނަމަވެސް އާދަމް ރައީސްކަމުން އިސްތިއުފާ ދިން ދަނޑިވަޅަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން. ތިމާ ހުރީ ތިމާްއަށް ޒިންމާ އުފުލޭވަރުގެ މަގާމެއްގައި ތޯ ވިސްނަންވީ މަގާމަށް އައިސް ކަމެއް ޖެހުނީމަކާނޫން، މަގާމަށް އައުމުގެ ކުރިން ވިސްނަންވާނެ މީ ތިމާއަށް އެކަށީގެންވާ މަގާމެއްތޯ. ހިންގުމުގެ އެއްވެސް ދާއިރާއެއްގައި، މަގާމެއް އަދާނުކޮށް ދިރާގު ވޮޗަރަކަށް ހުރެފަ ކުރެވޭވަރުން ކަންތައްތަ ތީ؟
Councileru kamunves thibey isthiufaa dheyn ebajehey. Zihmmaain reken isthiufaa dhinumakee molhu kameh noon. DG Assad ves isthiufaa dheulyn jehey. Eyna ah rashun beyruga ehen noolheveyne.
އަތޮޅު ކައުންސިލްގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު އިސްތިއުފާވެސް ނުދެއްވާތޯ އެހެން މަޤާމަކަށް ދުރުވީ؟ ފައްކާ ކައުންސިލެއް ތިޔާ