ރަލާއި އޫރުމަސް ވިއްކުން މަނާކުރާ ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

ރާއްޖޭގެ ރިސޯޓުތަކުގައި އޫރުމަހާއި ބަނގުރާ ވިއްކުން މަނާކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އިސްލާމްދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފަށް ރާއްޖޭގެ ރިސޯޓުތަކުގައި ރަލާއި އޫރު މަސް ވިއްކަން ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ.

55 މެންބަރުންގެ ވޯޓާއެކުއެވެ ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ގަރާރު ބަލައިގަންނަން 8 މެންބަރަކު ވޯޓު ދެއްވި އެވެ. އަދި މި ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަދެއްކެވީ ޖާބިރުގެެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ.

ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، ދީނުގައި ހަރާންކޮށްފައިވާ އެތަކެއްޗަކީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުއްވާކަމަށް ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ