އުމަރު ނަސީރު މިރޭ ޖަލްސާއެއް ބާއްވާކަން ފުލުހުންނަށް އަންގާފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު ހަފްލާއެއް ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދިންކަމަށް ނޫސްތަކުގައި ޚަބަރު ފެތުރުމާއި ގުޅިގެންނެވެ. ނަމަވެސް އެ ޚަބަރު އުމަރު ވަނީ ދޮގުކޮށްފައެވެ.
ފުލުހުން ދާދި ދެންމެ ވިދާޅުވީ، މިރޭ 21:00 ގައި ސަލްސާ ރޯޔަލްގައި އުމަރު ނަސީރު ޖަލްސާއެއް ބާއްވަން އުޅުއްވާކަން ފުލުހުންނަށް އުމަރުގެ ފަރާތްޕުޅުން އަންގަވާފައި ނެތްކަމަށެވެ.
"ސިޔާސީ އެއްވުމެއް ބާއްވާކަން ފުލުހުންނަށް އެންގުމުން ފުލުހުން އެކަންތަކުގެ ސެކިއުރިޓީ އަދި ޤާނޫނީ ޒިންމާ ނަންގަވާ ފަރާތްތަކާއި ކޯޑިނޭޓްކުރުމަށް ބައްދަލުކުރާނެ." އުމަރު ވިދާޅުވިއެވެ.
އިތުރަށް ފުލުހުން ވިދާޅުވީ، އުމަރު ނަސީރު މިރޭ ބާއްވަން އުޅޭ ޖަލްސާ ހުއްޓުވާނެކަމަށް ފުލުހުން އެއްވެސް އިރެއްގައި ބުނެފައި ނުވާނެކަމަށެވެ.
އުމަރު ނަސީރު މިރޭ 21:00 ގައި ހަފްލާއެއް ބާއްވަނޫ ބަޣީ ލުޠުފީ ރާއްޖެ ގެނެސް ބަންދުކުރުމުގެ އުފާ ފާޅުކުރުމަށެވެ. ލުޠުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ އުމަރު ނަސީރެވެ.




