މިއަދުން ފެށިގެން ވިސާ ނެތި ދިވެހިންނަށް ރަޝިޔާއަށް ދެވޭނެ

ވިސާ ނުނަގައި ދިވެހިންނަށް ރަޝިޔާއަށް ޒިޔާރަތް ކުރެވޭނެ ގޮތަށް ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާގެ އެއްބަސްވުމަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

މިއަދު ޢަމަލުކުރަންފެށި އައު ވިސާގެ އެއްބަސްވުމަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިދިޔަ މަހުގެ 25 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެކެވެ.

އައު ވިސާ އެއްބަސްވުމުގެ ދަށުން ޓޫރިސްޓުންގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރާ ދެ ގައުމުގެ ރައްޔިތުންނަށް، 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބުނު ނަމަވެސް، ކިޔެވުމާއި ދިރިއުޅުން އަދި ވިޔަފާރީގެ ބޭނުންތަކަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާ ދެ ގައުމުގެ ރައްޔިތުން ވެސް ކުރިއެކޭ އެއްގޮތަށް ވިސާ ނަގަން ޖެހޭނެއެވެ.

ރަސިޔާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މަންޒިލަކަށްވާއިރު، މީގެ ކުރިން، ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރި ނަމަވެސް، ދެޤައުމުގެ ރައްޔިތުންނަށްވެސް ދުރާލާ ވިސާ ނަގަން ޖެހެއެވެ.

މިދިޔަ ފެބުރުއަރީ މަހު ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދިވެހި އެމްބަސީއެއްވެސް ހުޅުވައިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ