އިއްޔެކުރި ވިއްސާރައިގައި ނޮޅިވަރަމްގައި ފެންބޮޑުވެފައި

ރަށުތެރޭ ބޮޑުވާ ފެންހިންދަން ނަރުދަމާ ބޭނުންނުކުރުމަށް އަންގައިފި

ވިއްސާރައިގެ ސަބަބުން ރަށުތެރޭގައި ހެދޭ ފެން ހިންދުމަށް ނަރުދަމާ ބޭނުންނުކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (ޢީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން ނުރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ފެން އަދި ނަރުދަމާގެ ޚިދުމަތްދޭ ރަށްރަށުގައި ފެން ބޮޑުވުމުން އެފެނާއި، ދިޔަދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅާލައި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންހޯލްގެ މަތިގަނޑު ނަގާފަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި، ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސްހިންދާ ވަޅުގަނޑު ބެހެއްޓުމުގެ އިތުރުން ގޭގެ ގޯތިތެރޭގައި ކޗްޕިޓްފެ އިތުރުން އިތުރު ނަރުދާ ޖަންގްޝަން ބަހައްޓާފައި ހުންނަކަންވެސް ފާހަގަކުރެވޭކަމަށް އީޕީއޭ އިން ވިދާޅުވިއެވެ.

އީޕީއޭއިން ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ނުހަނު ބޮޑެތި ގެއްލުންލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

މީގެ އިތުރުން ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމްތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުޞަތު ބޮޑު ކަމެއް ކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

އީޕީއޭއިން ވިދާޅުވީ އެފަދަ ކަންކަމަކީ ޤާނޫނީގޮތުން މަނާ ކަންކަން ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ