ތާރީޚީ ފަހަރެއް، ބެޑްމިންޓަންއިން ފުރަތަމަ ރަން މެޑަލްވެސް ހޯދައިފި

މޮރިޝަސްގައި މިހަރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދާ، ތާރީޚުގައި ލިޔެލައިފިއެވެ.

މިއަދު ކުޅުނު ފައިނަލްގައި ސީޝެލްސްގެ ކެމިއްލާ އެލިސަންއާއި ވާދަކޮށް، އައިމިނަތު ނަބީހާ 2-0 އިން މެޗް ކާމިޔާބުކޮށްގެންނެވެ.

މި މެޗް ނަބީހާ ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 21-14 ފުރަތަމަ ގޭމް ކާމިޔާބުކޮށް، ބޮޑު ލީޑެއްގައި އޮވެ 21-10 އިން ދެވަނަ ގޭމްވެސް ކާމިޔާބުކޮށްގެންނެވެ. 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޑަބަލްސް ފައިނަލުން މިއަދު މޮޅުވެ، އިތުރު ރަން މެޑައްޔެއް ހޯދުމުގެ ފުރުސަތުވެސް ނަބީހާއަށް އެބައޮތެވެ.

މިއީ ތާރީހުގައިވެސް ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކުން ރާއްޖެއަށް ރަންމެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

މިއީ މިފަހަރުގެ ގޭމްސްގައި ރާއްޖޭން ހޯދި ތިން ވަނަ ރަން މެޑެއްޔެވެ. މީގެ ކުރިން ޓޭބަލް ޓެނިސް އަންހެން ޓީމު ވަނީ ދެ ރަން މެޑަލް ހޯދައިފަ އެވެ. އެއީ، ޓީޓީގެ އަންހެން ޓީމު އިވެންޓް ބަޔާއި ޑަބަލްސް ބައިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ