އައިއޯއައިޖީ ނިމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާނީ ދީމާ

މޮރިޝަސްގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާލުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލާ އެތްލީޓަކަށް ފާތިމަތު ދީމާ އަލީ ހަމަޖައްސައިފިއެވެ..

މިފަހަރުގެ ގޭމްސްގެ އެންމެ ކާމިޔާބު އެތްލީޓް ދީމާއަށް ރާއްޖޭގެ ޤައުމީ ދިދަ ހަވާލްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފްއެވެ. އުމުރުން 11 އަހަރުގެ ދީމާވަނީ މި މުބާރާތުގައި ތިން ރަން މެޑަލް ހޯދައި ރާއްޖެ ފަޚުރުވެރިކޮށްދީފައެވެ. ދިދަ ދީމާއާއި ހަވާލުކޮށްދެއްވީ ރާއްޖޭގެ އެތްލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެތްލީޓުން ތިބި ހޮޓެލްގައި މިރޭ ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.

19 ޖުލައި އިން ފެށިގެން ކުރިޔަށް ދާ މި މުބާރާތަކީ ރާއްޖެއަށް ވަރަށް ކާމިޔާބު މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެއިން ވަނީ އަމާޒުކުރި ގޮތަށް 15 މެޑަލް ހޯދައިފަ އެވެ. އެއީ ހަތަރު ރަން މެޑެއްޔާއި ހަތަރު ރިހި މެޑަލް އަދި އަށް ލޯ މެޑެއްޔެވެ.

ޓޭބަލް ޓެނިސް ތަރި ދީމާ އަލީވަނީ މިފަހަރުގެ ގޭމްސްގައި އޭނާ ވާދަކުރި ހަތަރު އިވެންޓުގެ ތެރެއިން ތިން އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އަދި އޭނާ ވެފައިވަނީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ތިން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތްލީޓަށެވެ.

މި މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓް އެނބުރި އައުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު، މޯލްޑިވިއަންގެ ހާއްސަ ބޯޓެއްގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ